ރައީސް ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ވޮއިސް
ހަބަރު
06 Jan 2024 | 09:34
މި ފަސްއަހަރު ނިމޭއިރު ގެދޮރު ނުލިބޭ މީހަކު މާލޭގައި ނުހުންނާނެ: ރައީސް

ރައިސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ފަސްއަހަރު ނިމިގެންދާއިރު މާލޭގައި ގޮދޮރު ނުލިބޭ އެއްވެސް މީހަކު ނުހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅިވެފައިވަނީ މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން މެނިފެސްޓޯ އިފުތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަރުކާރުން ކުރިއަށް ގެންދިއުމަށް ފަށާފައިވާ ބޯހިޔާވަހިކަމާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ގެދޮރުވެރިކަމުގެ މައްސަލައަކީ މާލެ ސަރަހައްދަށް އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި،  އެހެންވެ، މި ސަރުކާރުން ބާރު ސްޕީޑުގައި މަސައްކަތް ކުރަނީ އެ ކަމަށް އަވަސް ހައްލެއް ހޯދުމަށް ކަމަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތަފްޞީލް ދެއްވަމުން ރޭގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިމާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށާއި އެ ތަންތަން ހިއްކާނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހިއްކަން ނިންމި ވަރަށް ވުރެ ބިން ވެސް އިތުރުވާ ގޮތަށް ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނުގެ ބޯހިޔާވަހިކަމުގެ އުންމީދާއި ގުޅިފައިވާ ރަސްމާލެ މަޝްރޫޢުގެ ވާހަކަ ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

"ސަތޭކަ ޕަސެންޓަށް މިރޭ ވެސް ޔަގީންކަން މި ދެނީ. މި ދައުރުގެ ފަސް އަހަރު ނިމޭއިރު މި ހަތަރު ބިމުން އުފެދޭ ޖާގައާ އެކު އެ ލިބޭ ގޯއްޗާއި ފްލެޓް ލިބިގެން ދިޔައީމާ މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް،" 

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށްވެސް އެމަނިކުފާނު ވަނީ ޔަޤީންކަން ދެއްވާފައެވެ.

"ހަމަ އެންމެ ދިވެހި ރައްޔިތަކު ވެސް ނުހުންނާނެ، އިރާދަކުރެއްވިއްޔާ 100 ޕަސެންޓް ޔަގީންކަން މި ދެނީ. މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް." .

ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ

މާލޭ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވީ އެމަނިކުފާނުގެ ގޮދޮރުވެރިކަމުގެ ވަޢުދު ބާރު ސްޕީޑުގައި ފުރިހަމަ ކުރުމަށް މޭޔަރުކަމުގެ ގޮޑިއަށް ސަރުކާރުގެ ކެންޑިޑޭޓު  އުސްތާޛާ އާޒިމާ މާލޭ މޭޔަރުކަމަށް އިންތިހާބު ކޮށްދެއްވުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.