ލޯތަކުގެ ފިނިކަން ވޯކްޝޮޕް ތެރެއިން--ފޮޓޯ/އަލް ޢަސްރު
ހަބަރު
06 Jan 2024 | 15:34
އަލް ޢަސްރުގެ "ލޯތަކުގެ ފިނިކަން" ވޯކްޝޮޕް ކާމިޔާބު ކަމާއި އެކުު ނިންމާލައިފި!

އަލް ޢަސްރު ގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ލޯތަކުގެ ފިނިކަން" ވޯކްޝޮޕް ކާމިޔާބު ކަމާއި އެކުު ނިންމާލައިފިއެވެ.

މި މަހުގެ 4 އަދި 5 ގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ރަމަޟާން މަސް ފެށުމުގެ ކުރިން ނަމާދުގެ ފިޤުހު ހަނދާންކޮށް އާލާ ކުރުމަށާއި ނަމާދާމެދު ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ފުރުސަތު އާންމުންނަށް މަގުފަހި ކޮޮށްދިނުމަށް ކަމަށް އަލް ޢަސްރުން ބުނެއެވެ. 

މި ޖަމިއްޔާ އިން މި ފަދަ ވޯކްޝޮޕް ތައް ކުރިއަށް ގެންދާއިރު މީގެ ކުރިން 100 މީހުންގެ ޖާގަ އަކަށް ހުޅުވާލި ކަމުގައި ވިޔަސް މި ފަހަރު ޖާގައިގެ ދަތި ކަމާއި ހުރެ އެ ޖަމިއްޔާ އިން ހުޅުވާލީ 80 މީހުނަށް ބައިވެރިވެވޭ ގޮތަށެވެ.

މި ވޯރކްޝޮޕް ގައި ނަމާދުގެ މަޤާމް، ޘަހާރަތާއި، ވުޟޫ އަދި ނަމާދު ތަކްބީރުން ފެށިގެން ސަލާމް ދިނުމާ ދެމެދުގައިވާ ޛިކުރުތަކާއި ހަރަކާތްތައް ވެސް މި ވޯކްޝޮޕް ގައި ކިޔަވާ ދީފައިވާކަމަށް އަލް އަސްރުން ބުނެއެެވެ.

ނަމާދާއި ބެހޭގޮތުން ކުރިއަށް ދާ މި ވޯކްޝޮޕްގައި ކިޔަވައިދިނީ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޑރ.އާދަމް ޝަމީމެވެ.

ވޯކްޝޮޕް ނިންމާލުމަށް ފަހު "ވޮއިސް" އަށް ދިން ބަސްދީގަތުމެއްގައި އެބޭފުޅާ ވިދާޅުވީ މި ވޯކްޝޮޕް ފެށުނީއްސުރެ ވެސް މިއީ އެންމެ ރަނގަޅު ހާޒިރީއެއް ލިބޭ ވޯކްޝޮޕް ކަމަށެވެ.

"އާންމުކޮށް އެންމެނަށް ވެސް އިނގޭނެ ނަމާދުކުރަން. ނަމަވެސް ނަމާދު ގައި އެބަހުރި ވަރަށް މުހިންމު ސުންނަތް ތަކާއި ވާޖިބުތައް ރުކުންތަކެއް އޭގެ ތަފްސީލު ރަސޫލާ ދަސްކޮށްދެއްވި ގޮތަށް ވަރަށް ގިނަ މީހުންނަށް ނޭނގޭ. ނޫނީ ނަމާދު ގައި ފަރުވާ ކުޑަ ކޮށްލެވިގެން ނޫނީ މައުލޫމާތު ނެތުމުގެ ސަބަބުން ކުށް ކުރެވޭ އެބަ. ވަރަށް ބޮޑެތި ކުށްވެސް އެބަ ކުރެވޭ."

ޑރ.އާދަމް ޝަމީމް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ޑރ.އާދަމް ޝަމީމް ވިދާޅުވީ އެއްފަހަރު މި ވޯކްޝޮޕް ގައި ބައިވެރިވާ ފަރާތަކުގެ ސަބަބުން ވެސް ވަރަށް ބޮޑަށް ވޯކްޝޮޕް އިސްތިހާރު ވެގެން ދާކަމަށާއި ފަހަރަކަށް ވުރެ ފަހަރެއް ހުރިހާ އުމުރުފުރާގެ ފަރާތްތަކުގެ ފަރާތުން ލިބޭ ޝައުގުވެރިކަން ބޮޑުވަމުން އަންނަ ކަމަށެވެ.

މި ވޯކްޝޮޕަކީ ލެކްޗާ އުސޫލަށް ކުރިއަށް ގެންދާ ވޯކްޝޮޕެއް ނޫން ކަމަށާއި ނަމާދު ގެ ކޮންމެ ރަކުއަތެއް ވަކިން އޭގެ ސަބަބުތަކާއި ދަލީލު ތަކާއި އެކު ކޮންމެ މައްސަލައެއް ކިޔަވައިދީ ނިމުމުން ބައިވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދިޔަ ކަން އެ ބޭފުޅާ ފާހަގަ ކުރެއްވިއެވެ.

މިއީ އަހަރަކު އެއްފަހަރު އަލް އަސްރުން ބާއްވާ ވޯކްޝޮޕެއް ނަމަވެސް އެ ޖަމިއްޔާއަށް ރިކުއެސްޓް ކުރުމުން ރަށްރަށުގަ އާއި އޮފީސްތަކުގެ ގައި ވެސް މި ވޯކްޝޮޕް ބާއްވައިދޭ ކަމަށް އެ ޖަމިއްޔާ އިން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.