އައިޝަތު އާޒިމާ ޝަކޫރު-- ފޮޓޯ: ޕީއެސްއެމް
ހަބަރު
06 Jan 2024 | 22:49
މާލޭގެ ހުރިހާ މަގެއް ހެދުމުގެ ޕްލޭންއެއް ވަރަށް އަވަހަށް އިއުލާން ކުރާނަން: އާޒިމާ

މާލޭގެ ހުރިހާ މަގެއް ހެދުމުގެ ޕްލޭން އެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ މިރޭ އޮތް ޕީއެސްއެމްގެ މާލެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ މެދުގައި ކުރިއަށް ދިޔަ  ބަހުސް ގައެވެ.

"މާލޭގެ މަގުތަކަށް ބަލައިފި ކަމުގައި ވިއްޔާ، މާލޭގެ މަގުތައް އެކުގައި ރީޑިވެލޮޕް ކުރަން ޖެހޭ، އެއީ އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ކަމެއް. އޭގެ ތެރޭގައި ފެން ހިންދުމުގެ ނިޒާމާއި ނަރުދަމާ އާއި ހަމަ އެއާއި އެކުގައި މާލޭގެ މަގުތަކުގައި ވަޅުލަމުން ގެންދާ ކަރަންޓާއި އެހެން ޚިދުމަތް ތަކަށް ބޭނުންވާ ހޮޅިތައް އެކުގައި ވަޅުލާފައި އެކީ އެއްފަހަރާ މާލޭގެ ހުރިހާ މަގެއް ހެދުމުގެ ޕްލޭނެއް ވަރަށް އަވަހަށް އަޅުގަނޑުމެން އިއުލާން ކުރާނަން."

އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުންވެެސް އެކަމަނާ ވިދާޅުވީ މާލޭގެ މޭޔަރެއްގެ ޒިންމާއަކީ ހަމައެކަނި މާލެ ނޫންކަމަށާއި ވިލިމާލެ ވިޔަސް ފުރަ މާލެ ވިޔަސް އެއީ ޒިންމާ އެއް ކަމަށެވެ.

މިގޮތުން އާޒިމާ ވިދާޅުވީ ހުޅުމާލެ ފޭސް އެކަކީ ސްޓޯމް ވޯޓާ ޑްރެނޭޖް ސިސްޓަމާއި އެކުގައި ހެދި ތަނެއް ނަމަވެސް މިދިޔަ ފަސް އަހަރު ތެރޭގައި މެނޭޖް ނުކުރެވިގެން ގޮސް މިހާރު ވާރޭ ވެހިއްޖެނަމަ ހުޅުމާލެ މަގުތަކުގައި ފެން ބޮޑުވާކަމަށެވެ. 

ހަމައެއާއިއެކު ހުޅުމާލޭ ފޭސް 2 ގެ މިހާރު މަގުތަކުގެ ހަނި ކަމަށް ބަލާ، އެއަށް ވުރެ ރަނގަޅު ހައްލު ތަކެއް  އެމަގުތަކަށް ހޯދަން ޖެހޭ ކަން ވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ. ހުޅުމާލޭގެ އިތުރުންވެސް  ވިލިމާލޭގެ މަގުތައް ހުރީ އެންމެ ފުރަތަމަ ހެދި ގޮތަށް ގާ އަޅާފައި ކަމަށާއި މިހެންކަމުން ވިލިމާލެ މަގުތައް އަލުން ހެދުމުގެ ޕްލޭނެއް އިއުލާން ކުރައްވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ އިތުރަށް ވިދާޅުވީ މާލޭގެ ސަރަހައްދުގައި މީހުން ދިރިއުޅޭ ތަންތަނުގެ މަގުތައް ރަނގަޅު ކުރުމުގެ ޕްރޮގްރާމް ތަކަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަން ކުރަން ޖެހޭނީ ވެހިކަލްތައް ދުއްވާއިރު ހަށިގަނޑަށް އިތުރަށް އަންނަން ޖެހޭ އަނިޔާ ނުލިބޭ ގޮތަށް ކަަމަށެވެ. ޕްލޭން އަކީ އަލުން އަބަދު އަބަދު ކޮންނަން ނުޖެހޭ ގޮތަކަށްމުޅި މާލޭގެ ހުރިހާ ހިސާބެއްގެ މަގުތައް ރީޑިވެލޮޕް ކޮށް މައްސަލަތައް ހައްލުކުރުން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.