އީސީގެ ރައީސް އާއި ނާއިބު ރައީސް--
ހަބަރު
07 Jan 2024 | 12:44
އެކަކަށްވުރެ ގިނަ މީހުންވެގެން ޕާޓީ އުފައްދޭ ގޮތަށް ސިޔާސީ ޕާޓީ ތަކުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސްފި

އެއް މުއައްސިސުންނަށް ވުރެ ގިނަ މުއައްސިސުންނަށް ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދެވޭ ގޮތަށް ސިޔާސީ ޕާޓީ ތަކާ ބެހޭ ގަވާއިދު އިސްލާހުކޮށްފިއެެވެ.

މީގެ ކުރިން ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ހުށައެޅޭނީ އެންމެ މީހަކަށް ނުވަތަ މުއައްސިސަކަށެވެ. އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ޝަކުވާ އަންނަކަންވެސް މިއަދު އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން އެކަކަށްވުރެ ގިނަ މީހުން ވެގެން ޕާޓީ އުފެއްދޭ ގޮތަށް ސިޔާސީ ޕާޓީތައް އުފެއްދުމުގެ ގަވާއިދު އިސްލާހުކޮށް މިއަދު ވަނީ ގެޒެޓް ކޮށްފައެވެ. 

އެގޮތުން އިސްލާހުގައި ވާގޮތުން ސިޔާސީ ޕާޓީ އުފެއްދުމުގެ ޝަރުޠު ހަމަވާ ފަރާތަކުން ނުވަތަ ފަރާތްތަކުން ޕާޓީ އުފައްދަން އެދި ހުށަހަޅައިފިނަމަ ޕާޓީ އުފެއްދުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެ ފަރާތަކަށް ދޭންޖެހޭނެއެވެ.

ޕާޓީ އުފައްދަން އެދޭ މިހާގެ ޝަރުތު ތަކުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، އެ މީހެއްގެ މައްޗަށް ޝަރުޢީ ޙުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަމުގައި ނުވުމާއި، ސާބިތު ދަރަންޏެއް ދައްކަމުންދާ މީހެއްކަމުގައި ނުވުމުގެ އިތުރުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެނ،ް 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޙުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހަކުނަމ،ަ އެ ޙުކުމެއް ތަންފީޒުކޮށް ނިމުނުތ،ާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރިތާ 3 އަހަރުދުވަސް ވެފައިވުން ހިމެނެއެވެ.  

މީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއ،ި ކުޑަކުދިންނާ ބަދުއަޚުލާޤީ ޢަމަލު ހިންގިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުންވެސް ޝަރުތުކޮށްފައިވެއެވެ. 

ގަވާއިދަށް ގެނެވުނު އިސްލާހާއެކު ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އެކަކަށްވުރެ ގިނަ ފަރާތްތަކަށް ހުށަހެޅިދާނެ ކަމަށާ، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދުމުން ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދުވަހުގެ ތެރޭގައި، އެ ފަރާތަކަށް ނުވަތަ އެ ފަރާތްތަކަށް ލިޔުމުން ދޭންޖެހޭނެއެވެ. 

މީގެ އިތުރުން، ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދޭ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައ،ި މަދުވެގެން 3,000 މީހުން ފޯމު ފުރިހަމަކުރުމަށްފަހ،ު ކޮމިޝަނަށް ހުށަހަޅަންވާނެކަމަށާއި، ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާ ފޯމުތައް ފުރައިފައިވާ މީހުން، އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެގެން ނުވާނެކަމަށްވެސް ޤަވާއިދުގައިވެއެވެ.

އަދި ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހަޅާ ފޯމުތައް ޗެކުކޮށް ނިންމާއިރު 3,000 މީހުންގެ ސޮއި ހަމަނުވެއްޖެނަމ،ަ އެ ޢަދަދަށް ސޮއި ހަމަކުރުމަށް އިތުރު 3 މަސްދުވަހުގެ މުއްދަތެއް، އެ ފަރާތަށް ދޭންޖެހޭނެކަމަށްވެސް އައު ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ