ރައީސް އޮފީހުގެ މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް
ހަބަރު
07 Jan 2024 | 20:37
ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމްކުރުމަށް ޚާއްސަ އޮތޯރިޓީއެއް އުފައްދަނީ

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި އެކު ރައީސުލް ޖުމުހުރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމްކުރުމަށް އޮތޯރިޓީއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނި ރައީސުލް ޖުމުހުރިއްޔާގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުالله ނާޒިމް އިބްރާހިމްއެވެ.

މިބައްދަލުވުމުގައި ނާޒިމު ވިދާޅުވީ ރައީސުލް ޖުމުހުރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސަރވިސް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ، މިކަމާއި ގުޅޭ ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސްޝަލް ސަރވިސް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފެއްދެވުން. އަދި އޮންޝޯރ ބޭންކިންގެ އޮޕަރޭޝަން ލައިސަންސް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީން ޤަވާއިދެއް އެކުލަވާލެއްވުމަށްފަހު މިޤަވާއިދުގެ ދަށުން މި އޮތޯރިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުން. އަދި ހަމަ އެއާއިއެކު އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ޤާއިމްކުރުމާއި ބެހޭ ޤާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމާއި ބެހޭ ބިލެއް ޑްރާފްޓްކޮށް އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ފާސްކުރުމުގެ މަސައްކަތް ކުރިއަށްގެންދެވުން." 

އަބްދުالله ނާޒިމް އިބްރާހިމް

މިކަންތައްތައް ކުރުމަށްޓަކައި އޮންލައިން ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތްތައް ފެށުމަށް މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލިހުން ނިންމަވާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

އޮންލައިން ޕޭމަންޓް ޕްލެޓްފޯމެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު ހަމަ އެއާއި އެކުއެކީގައި ސައިބަރ ސެކިއުރިޓީއާއި ގުޅޭ ޚާއްސަ ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގެ ސައިބާސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ސަރުކާރަށް މިހާރު އެހީތެރިކަން ދެއްވުމަށް ތައްޔާރަށް އޮތް ދެޤައުމު ކަމުގައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި އަދި ތުރުކީވިލާތާއި އެކު މިކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސް، ސައިބާ ސެކިއުރިޓީ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް ކެޕޭސިޓީ ބިލްޑްކޮށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމުނު." ވަޒީރުންގެ މަޖިލިހުގެ ނިންމުމާއި ގުޅޭގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމު ވިދާޅުވިއެވެ.

ނާޒިމް މިގޮތައް ވިދާޅުވެފައިވާ އިރު ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަމުން ވިދާޅުވެފައިވަނީ އެމަނިކުފާނަށް ވެރިކަން ލިބި ވަޑައިގެންފި ނަމަ ޒަމާނީ ވިޔަފާރީގެ ތެރެއިން އޮންލައިން ވިޔަފާރީގެ ފުރުޞަތު ފުޅާކޮށް ތަނަވަސް ކޮށްދެއްވާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.