ރައީސް ޑރ.މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
08 Jan 2024 | 08:13
ރާއްޖޭގައި އީވޮލެޓުގެ ހިދުމަތް ގާއިމުކުރަނީ

ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީ ގާއިމު ކުރުމުގެ ގޮތުން އޮންލައިން ޕޭމެންޓް ޕްލެޓްފޯމް ތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަށް ރާއްޖޭގައި އީވޮލެޓް ގެ ހިދުމަތް ގާއިމު ކުރުމަށް ސަރުކާރުން ބޭންކް އޮފް މޯލްޑިވްސް އާއި އެކު މަސައްކަތް ފަށާފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުالله ނާޒިމް އިބްރާހިމް ވިދާޅުވީ ގިނަ ވެގެން އެއް ހަފްތާތެރޭގައި އެ މަސައްކަތްތައް ފެށުމަށް ހަމަޖެހިގެންދާނެކަމަށެވެ.

"ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީ ގާއިމު ކުރުމުގެ ގޮތުން ސަރުކާރުން ގާއިމު ކޮށް ތަންފީޒު ކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގައި އޮންލައިން ޕޭމެންޓް ޕްލެޓްފޯމް ތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުން ކަމަށް ވާތީ ރާއްޖޭގައި އީވޮލެޓް ގެ ހިދުމަތް ގާއިމު ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް ގައި ދަންނަވައިގެން ގިނަ ވެގެން އެއް ހަފްތާ ތެރޭގައި ސަރުކާރުން ބޭނުންވާ ގޮތަށް އެކަން ހަމަޖެއްސުމުގެ މަސައްކަތް ފެށުން."

ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ނާޒިމް ވިދާޅުވީ  އީކޮމާސް ޕްލެޓް ފޯމެއް ކަމަށްވާ ޕޭޕަލްސް އަށް އެކްސެސް ހޯދުމާއި ބެހޭގޮތުން އެމެރިކާގެ ސަރުކާރާއި މަޝްވަރާ ކުރައްވައިގެން މި ހިދުމަތަށް އެކްސަސް ލިބޭނެ ގޮތް ހޯދުމާއި މިކަމާއި ގުޅޭ އެހެނިހެން ފަރާތްތަކާއި މަޝްވަރާ ކޮށްގެން ޕޭޕަލްސް ފަދަ އެހެން ޕްލެޓްފޯމް ތަކަށް ވެސް އެކްސަސް ހޯދުމަކީވެސް މި ސަރުކާރުން ކަނޑައަޅާފައިވާ މަސައްކަތެއް ކަމަށެވެ.

މިއީ އިންޓަނެޓާއި ސައިބާ ސެކިއުރިޓީ އާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ، ސައިބާ ސެކިއުރިޓީގެ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމަށް ހާއްސަ ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ވެސް މި މަސައްކަތް ތަކާއި އެކު ކުރިއަށް ދާނެކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

އަދި  ރާއްޖޭގެ ސައިބާ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ސަރުކާރަށް މިހާރު އެހީތެރިކަން ދެއްވުމަށް ތައްޔާރަށް އޮތް ދެ ގައުމު ކަމުގައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި އަދި ތުރުކީ ވިލާތާއި މިކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށް ދެގައުމާއި އެކު މިކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވާކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވިއެވެ.  އަދި ސައިބާ ސެކިއުރިޓީގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކޮށް ކެޕޭސިޓީ ބިލްޑް ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމަށް އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.