ސްކޫލް ކުއްޖެއް-- ފޮޓޯ: ވޮއިސް
ހަބަރު
08 Jan 2024 | 08:19
ދިރާސީ އަހަރު ޖަނަވަރީން ފެށިޔަސް އޭގެ ސަބަބުން 9,10 ގެ ދަރިވަރުންނަށް ބަދަލެއް ނާންނާނެ: މިނިސްޓްރީ

ތައުލީމީ އަހަރު 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފަށާ ގޮތަށް ނިންމި ކަމުގައި ވިޔަސް އޭގެ ސަބަބުން 9,10 ގެ ދަރިވަރުންނަށް ބަދަލެއް ނާންނާނެ ކަމަށް ތައުލީމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

2026 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަަހަރުގެ ކިޔެވުން ޖެނުއަރީ ގައި ފަށާ ގޮތަށް ސަރުކާރުން ނިންމާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ ކެބިނެޓްގެ ބައްދަލުވުމުގައެވެ.

ދިރާސީ އައު އަހަރު ބަދަލު ކުރުމުގެ ކަންކަން ދާނީ ކުއްލި އަކަށް ނޫން ކަމަށާ، އެކަން ކުރިއަށް ގެންދާނީ އޭގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުންނަށް ވެސް ދަތިތަކާއި ކުރިމަތިނުވާ ގޮތަށް ތައުލީމީ ކަލަންޑަރަށް މަދު މަދުން ގެނެވޭ ކުދި ބަދަލު ތަކާއި އެކުގައި ކަމަށް މިއަދުގެ ކެބިނެޓް ބައްދަލުވުމުގެ ނިންމެވި ނިންމުންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުالله ނާޒިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ތައުލީމާއި ބެހޭ ވުޒާރާއިން ބުނީ މިބަދަލުގެ ސަބަބުން ގްރޭޑް 9 އަދި 10 ގައި ކިޔަވާ ދަރިވަރުންނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ކުރިންވެސް ރޭވިފައިވާ ގޮތަށް އެ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދާނީ މޭ/ޖޫން ގައި ކަމަށެވެ. އަދި ސިލަބަސް ކަވަރުކުރުމުގައި އެއްވެސް ވަރަކަށް ކްލާސްރޫމް ލާރނިންގ ޓައިމް ގެއްލިގެން ނުދާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

5 ސެމިސްޓަރަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވައި، މި ގެނެވުނު ބަދަލުގެ ސަބަބުން  ރާއްޖޭގެ ފިސްކަލްއަހަރާއި ތަޢުލީމީ އަހަރާއި އެލައިން ކުރެވި އޭގެ މަންފާ ސްކޫލް ހިންގުމުގެ ނިޒާމަށް ކުރާނެ ކަމަށް އެ ވުޒާރާއިން ދެކެއެވެ.

އަދި  ރަށުން ބޭރުގައި ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އަހަރުގެ ތެރެއިން ލިބިލައްވާ ޗުއްޓީތައް މިހާރު ލިބެމުންދާ މިންވަރަށްވުރެ މަދުވެގެން ނުދާނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ވުޒާރާގެ ފަރާތުން ޢާންމުކުރަމުން ގެންދާނެކަމަށް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.