އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
ހަބަރު
09 Jan 2024 | 13:32
ލަކްޝަދީބަކީ މީހުން ގިނައިން ޒިޔާރަތް ކުރާ ތަނަކަށް ހަދާން ވަކާލާތު ކުރާނަން: ފައްޔާޒު

އިންޑިޔާގެ ލަކްޝަދީބަކީ ފަތުރުވެރިން ގިނައިން ޒިޔާރަތްކުރާ ތަނަކަށް ހެދުމަށް ވަކާލާތުކުރައްވާނެ ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ. 

ފައްޔާޒު މިފަދައިން ވިދާޅުވީ އިންޑިއާގެ "ސީއެންއެން ނިއުސް-18" ޗެނަލަށް ދެއްވި ބަސްދީގަތުމެއްގައި، ލަކްޝަދީބުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެއްވެސް ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ގަބޫލު ކުރައްވާތޯ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ. 

އަހަރެން ލަކްޝަދީބު އަށްދާން ވަރަށް ބޭނުންވޭ. އަހަރެން އަބަދުވެސް ލަކްޝަދީބަށް ދާން ބޭނުންވޭ. އަދި އެތަނަކީ މީހުން ގިނައިން ޒިޔާރަތް ކުރާ ތަނަކަށް ހަދާން އަހަރެން ވަކާލާތުވެސް ކުރާނަން. ހަގީގަތުގައި އިންޑިޔާގެ ލަކްޝަދީބާއި ދިވެހިރާއްޖެއާއި ގުޅިގެން، މަސައްކަތް ކޮށްފިނަމަ އެ ދެ ތަނުގެ ފަތުރުވެރިކަން ބާރަށް ކުރިއަރާ މަންޒަރު އަހަރެންނަށް އެބަފެނޭ. އޭގެ ސަބަބުން ދެ ގައުމަށް ވެސް ބޮޑު ފައިދާތަކެއް ވާނެ. 

ފައްޔާޒު އިސްމާއީލް

މިއާއެކު ފައްޔާޒު ވިދާޅުވީ، ލަކްޝަދީބަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ސީދާ ނުރައްކަލެއް ނޫން ކަމަށާ،  ސުލްހަވެރި ވާދަވެރި ކަމަކީ އޭނާވެސް މަރުހަބާ ކިޔާ ކަމެއް ކަމަށެވެ. 

އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެތަނަށް ޒިޔާރަތްކޮށް އެތަން ޕްރޮމޯޓް ކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް މޯދީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓުތަކާ ގުޅިގެން ރާއްޖެ ބޮއިކޮޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމާއި އިޤުތިޞާދު ފުނޑައިލަން ގޮވައިލި އިންޑިއާ މީހުން އެފަދައިން ގޮވައިލީ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުންކަމަށް ސިފަކުރައްވައި، ފައްޔާޒު ވިދާޅުވީ އެކަމާއި ގުޅިވައި ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުން ކުރެއްވީވެސް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި އެފަދައިން ކަން ކުރި ދިވެހިންނަކީ ގަމާރުންކަމަށާއި، "ކްލައުނުން"ތަކެއް ކަމަށް ފައްޔާޒު ސިފަކުރެއްވިއެވެ. 

މިއާއެކު ފައްޔާޒު ވިދާޅުވީ އޭގެ ސަބަބުން ފަތުރުވެރިކަމަށް ކުރާނެ ނޭދެވޭ އަސަރާމެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާ އެހެންނަމަވެސް އޭނާ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާމެދު ކަމަށެވެ.

އިންޑިއާގެ ބައެއްގެ ގޮތުގައި އޮންނަ ލަކްޝަދީބަކީ ދިވެހިރާއްޖެއާއި ތަބީއީ ގޮތުން އެއްގޮތް އަތޮޅުތަކަކެވެ. ހުދު ވެލީގެ ގޮނޑުދޮށްތަކެއް ލިބިފައިވާ އެ އަތޮޅުތަކަކީ ރާއްޖޭގެ ބަދަލުގައި އިންޑިއާ މީހުންނަށް ދަތުރުކުރެވިދާނެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރަން ފެއްޓީ މޯދީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.