ތިޔައޭ ރަސޫލަކީ މަދަހައަށް ސިރު އާޓްސް ކުރަހާފައިވާ ކުރެހުމެއް-- ފޮޓޯ/ ޢަލީ ރަމީޒް
ހަބަރު
09 Jan 2024 | 16:50
23 އަހަރަށްފަހު ޢަލީގެ "ތިޔައޭ ރަސޫލަކީ" އަލުން ނެރުނީ ތަފާތުކޮށްލައި ހިތްގައިމު ކުރެހުންތަކާއިއެކު!

ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރު، އަދި ގިނަ އަދަދެއްގެ މަދަހަތައްވެސް މީގެ ކުރިން ކިޔުއްވާފައިވާ، ޢަލީ ރަމީޒު، އޭނާ މީގެ 23 އަހަރު ކުރިން ނެރުނު "ތިޔައޭ ރަސޫލަކީ" މަދަހަ އަލުން ނެރެފިއެވެ. 

2000 ވަނަ އަހަރު، ޢަލީ ރަމީޒު ނެރުއްވި އެ މަދަހައިގެ އައު ވާޝަންއެއް ރޭ ނެރެފައި މިވަނީ، މަދަހަ ކިޔުމާއި ދުރުގައި ހުންނެވުމަށްފަހު، "ޓަޗް ހުރިތޯ ބަލާލަން" މަދަހައިގެ ތަންކޮޅެއް ކިޔުއްވައި މީސްމީޑިއާއަށް ދޫކޮށްލުމުން ލިބުނު ތަރުހީބާއިއެކު، އާއްމުންގެ ގިނަ ފަރާތްތަކުން އެކަމަށް އެދިފައި ވާތީއެވެ. 

އެގޮތުން، މިފަހަރު ނެރުނު މަދަހައިގެ ރާގަށްވެސް ކުޑަ ބަދަލެއް ޢަލީ ގެނެސްފައިވާއިރު، މަދަހައިގެ ކިޔުންގަނޑުގެ އިތުރުން އެންމެ ފާހަގަކޮށްލެވުނު އަނެއް ކަމަކީ ވީޑިއޯ އިން ފެންނަމުންދިޔަ ރިވެތި ކުރެހުންތަކެވެ. 

މުހައްމަދު ސިރުހާން، އާއްމު ނަމުން ނަމަ، "ސިރު އާޓްސް"، ކުރަހާފައިވާ، ސިޔަރަތުގެ ހަދާންތައް އައު ކުރުވާ އެ ކުރެހުންތަކަށް އެންމެންވެސް އަންނަނީ ތަޢުރީފް ކުރަމުންނެވެ. އަދި ކުރެހުންތަކުގެ ސަބަބުން މަދަހައަށް އިތުރު ފުރިހަމަ ކަމެއް ގެނެސްފައިވާކަމަށްވެސް މީހުން ބުނެފައިވެއެވެ. 

ތިޔައޭ ރަސޫލަކީ މަދަހައިގެ ބައެއް ކުރެހުންތައް-- ފޮޓޯ/ސިރު އާޓްސް

މިފަހަރުގެ މަދަހައިގެން ރިކޯޑިންގ އާއި، މިކްސިންގ އަދި މާސްޓަރިންގ ހަދާފައިވަނީ ހޭވައްލާ ސްޓޫޑިއޯ އިންނެވެ.

އެ މަދަހަ އަކީ، އާދަމް ހަލީމް އަދްނާން ލިޔުއްވާފައިވާ މަދަހައެކެވެ. 

އިތުރު ފުރިހަމަ ކަމާއިއެކު "ތިޔައޭ ރަސޫލަކީ" މަދަހަ ރޭ ނެރުމާއި އެކު މިހާތަނަށް، ފޭސްބުކުން އެ މަދަހަ 40,000 އަށްވުރެ ގިނަ ފަހަރު ބަލާފައިވާއިރު، 2000 އަށްވުރެ ގިނަ ޝެއާރްސް އާއި، 5700 އަށްވުރެ ގިނަ ލައިކްސް އަދި 600 އަށްވުރެ ގިނަ ކޮމެންޓު މަދަހައިގެ ޕޯސްޓަށް ކޮށްފައިވެއެވެ. އަދި ކޮމެންޓް ކުރި އެންމެންވެސް މަދަހަ ރީތި ކަމަށް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ