ފިލްމީ ތަރި ޔުނާން-- ފޮޓޯ:ސަން
ހަބަރު
10 Jan 2024 | 21:25
ޔުނާން ބަންދުން ދޫކޮށްލީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި ފިލްމީތަރި މުހައްމަދު ޔުނާން ޝަރުތުތަކާއެކު ބަންދުުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަަމަށް ހައިކޯޓުން މިއަދު ބުނެފިއެވެ.

ހުޅުމާލެ ކޯޓުން ޝަރުތުތަކަކާއި އެކު ޔުނާން ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

މި މައްސަލަ އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހައި ކޯޓަށް ހުށައަޅާފައެވެ. މިގޮތުން މި މައްސަލަ އާއި ގުޅިގެން ހައި ކޯޓުން ބުނީ ޔުނާން ބަންދުން ދޫކޮށްލާފައިވާ މުއްދަތުގައި، ދަށު ކޯޓުން ކޮށްފައިވާ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ، އޭނާ ބަންދުކުރެވޭނެ ކަމަށް އަމުރުގައި ބަޔާންކޮށްފައިވީ ނަމަވެސް ޔުނާންގެ އާއިލީ ކުޑަކުދިންނާއި ނުވަތަ މުޖުތަމަޢުގައި ދިރިއުޅޭ އެހެން ކުޑަކުއްޖަކާ ބައްދަލުވުމުގެ އިޙްތިމާލު މި މައްސަލައިގައި ނެތިގެން ދާކަމަށް ނުދެކޭ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގައިފިނަމަ އަލުން  ޔުނާން ބަންދުކުރުމުގެ ފުރުޞަތު އޮތްނަމަވެސް، މުޖުތަމަޢުގައި ދިރިއުޅޭ ކުޑަކުދިންގެ މަސްލަޙަތާއި ރައްކާތެރިކަން ހިމާޔަތްކުރެވޭ ކަމަށް ނުފެންނަ ކަމަށް ވެސް ހައިކޯޓުން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް އެ ކޯޓުން ބުނީ ޔުނާން ބަންދުން ދޫކޮށްލާފައިވަނީ، މުޖުތަމަޢުގެ ސަލާމަތަށްޓަކައި ބަންދުކުރި ޙާލަތު ބަދަލުވެގެން ނޫންކަމަށާއި އޭނާ ބަންދުން ދޫކޮށްލުމުގައި ދަށު ކޯޓުން ކޮށްފައިވާ ޝަރުޠުތަކަކީ ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭފަދަ ޝަރުޠުތަކެއްކަމަށް ނުފެންނާތީ، މިއީ ޤާނޫނީ ހަމަތަކާ ޚިލާފަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެންކަމުން އިސްތިއުނާފުކުރެވިފައިވާ ދަށު ކޯޓުގެ އަމުރު ބާޠިލްކުރަންޖެހޭ ކަމަށް ވެސް ހައިކޯޓުގެ ނިންމުމުގައި ވަނީ ބުނެފައެވެ.

އެެހެންކަމުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލުކޮށް ޔުނާން ބަންދުކުރުމަށް އެދި ޕީޖީގެ ފަރާތުން މައްސަލަ ބަލާ، ދަށު ކޯޓަށް އަމުރުނެރޭ ދުވަހުން ފެށިގެން ހަފްތާއެއްގެ ތެރޭގައި ހުށަހަޅައިފިނަމަ އެ ހުށަހެޅުމާމެދު އެ ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުގެތެރެއިން އެކަށީގެންވާ އަވަސް މިނެއްގައި ގޮތެއް ކަނޑައެޅުމަށް މައްސަލަ ބަލުމަށް ދަށު ކޯޓަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި މި ފަދައިން ހުކުމް ކޮށްފައި މިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމުގައިވާ އިސްފަނޑިޔާރު ޙުސައިން ޝަހީދާއި، ފަނޑިޔާރު ޙުސައިން މަޒީދު ގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީ ގެ އިއްތިފާގުންނެވެ.

2019 ވަނައަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގައެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް