ސްޓެލްކޯގެ އެމްޑީ ކުރެއްވި ޒިޔާރަތުގެ ތެރެއިން
ހަބަރު
11 Jan 2024 | 20:26
އެމްއޭސީއެލްގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގައި ސްޓެލްކޯއިން އެހީތެރިކަން ފޯރުކޮށްދެނީ

އެމްއޭސީއެލްގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑުމާއި ގުޅިގެން އެމްއޭސީއެލްގެ އިންޖިނިއަރިންގ ޓީމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ސްޓެލްކޯގެ އިންޖިނިއަރިންގް ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިއަދު މިކުރެވުނު ބޮޑު މަސައްކަތް ބައްލަވައި ލައްވާ، ސްޓެލްކޯގެ އިންޖިނިއަރިންގ ޓީމަށް ހިތްވަރު ދެއްވުމަށްޓަކައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ހުސެއިން ފަހުމީ ވަނީ އެއަރޕޯޓަށް ވަޑައިގެން މަސައްކަތް ހިނގާ ސަރަހައްދަށް ވަޑައި ގަންނަވާފައެވެ.

އެމްސީއެލް އިން މަޢުލޫމާތު ދެއްވި ގޮތުގައި އެކުން ފުނީގެ މަޤްޞަދަކީ ސްޓެލްކޯގެ އިންޖިނިއަރިންގ ޓީމާއި ގުޅިގެން މިހާރު ދޭތެރެ، ދޭތެރެއިން އެއާރޕޯރޓުގެ ކަރަންޓަށް ދިމާވާ މައްސަލައަށް ދާޢިމީ ހައްލެއް ހޯދޭތޯ މަސައްކަތް ކުރުމެވެ.  

ސްޓެލްކޯގެ އެމްޑީ ފަހުމީ މިއަދު އެއާރޕޯރޓަށް ވަޑައިގެން އެކުންފުނީގެ އިންޖިނޭރުންގެ މަސައްކަތް ބައްލަވާ ހިތްވަރު ދެއްވި އިރު އިއްޔެ އެބޭފުޅާ ވަނީ މާލޭ ދޮންއަދަރާދަ މަގުގައި ހުންނަ ސްޓެލްކޯގެ ޕަވާ ހައުސް އެ ތަނުން ނަގައި، އެ މަގު އާއްމުންނަށް އެއްކޮށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރާއްޖޭގެ ނޫސްވެރިންނަށް ދައްކައިލައި އެމަސައްކަތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ތައް ހިއްސާ ކުރައްވާފައެވެ.

އަދި ހަމަ އެހެންމެ ފަހުމީ ސްޓެލްކޯގެ އެމްޑީ ކަމާއި ހަވާލުވެލެއްވި ފުރަތަމަ ދުވަހު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، މާވެޔޮ މަގު މިސްކިތުގެ ކަންމައްޗަށް ވާ ގޮތަށް ބަހައްޓާފައި ހުރި ކަރަންޓު ޓްރާންސްފޯމަރު ވެސް މިހާރުވަނީ އެތަނުން ނަގާ އެސަރަހައްދު ޢާއްމުންނަށް ހުޅުވާލައިފައެވެ.

އެމްސީއެލުގެ އުންމީދަކީ ސްޓެލްކޯގެ އިންޖިނިއަރިންގް ޓީމުމާއި އެކު މިއަދު އެފެށި މަސައްކަތުން އެއާރޕޯރޓުގެ ކަރަންޓުގެ މައްސަލައަށް އަވަސް ޑާއިމީ ހައްލެއް ލިބިގެން ދިއުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ