ސޮންގ ޗިންގލިންގ ސައިންސް އެންޑް ކަލްޗަރ ސެންޓަރ ފޯރ ޔަންގް ޕީޕަލް އަށް މެޑަމް ސާޖިދާ ކުރެއްވި ޒިޔާރަތުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Jan 2024 | 20:20
މެޑަމް ސާޖިދާ ސޮންގ ޗިންގލިންގ ސައިންސް އެންޑް ކަލްޗަރ ސެންޓަރ ފޯރ ޔަންގް ޕީޕަލް އަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަބަލުން މެޑަމް ސާޖިދާ މުޙައްމަދު ސޮންގ ޗިންގލިންގ ސައިންސް އެންޑް ކަލްޗަރ ސެންޓަރ ފޯރ ޔަންގް ޕީޕަލް އަށް ޒިޔާރަތްކުރައްވައިފިއެވެ.

އެކަމަނާގެ މި ޒިޔާރަތުގައި މި ސެންޓަރާއި ބެހޭ މައުލޫމާތު އެސެންޓަރުގެ ފަރާތުން އެކަމަނާއަށް ދެއްވާފައިވާއިރު، އެކަމަނާ ވަނީ މި ތަނުގެ އެކި ތަންތަން ބައްލަވާލައްވައި، އެ ތަންތަނާއި ބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ޗައިނާގެ ބެއިޖިންގައި ހުންނަ ސޮންގ ޗިންގލިންގ ސައިންސް އެންޑް ކަލްޗަރ ސެންޓަރ ފޯރ ޔަންގް ޕީޕަލް ހިންގަމުން އަންނަނީ  ޗައިނާގެ ކުރީގެ އޮނަރަރީ ރައީސް ސޮންގ ޗިންގލިންގ ގެ ހަނދާނުގައި ޤާއިމްކޮށްފައިވާ ސޮންގ ޗިންގލިންގ ފައުންޑޭޝަން ބެލެހެއްޓުމުގެ ދަށުންނެވެ. މި ފައުންޑޭޝަން އުފެދުނީ 1982 ވަނަ އަހަރުގެ މޭ މަހުއެވެ.

މިއީ  ޒުވާނުންގެ މެދުގައި ބައިނަލްއަގްވާމީ އެކުވެރިކަމާއި އެކަކު އެނެކަކުގެ ސަގާފަތް ދަސްކޮށް އިހުތިރާމް ކުރުމުގެ އިތުރުން ޒުވާނުންގެ ދުޅަހެޔޮކަން އިތުރު ކުރުމަށާއި،  ދުނިޔޭގެ ހުރިހާ ހިސާބެއްގެ މީހުންގެ މެދުގައިވެސް އެއްބަޔަކު އަނެއްބަޔަކަށް ވިސްނުންތެރި ކަމާއި އެކު ގާތްގުޅުންތައް ބަދަހި ކުރުމުގެ މަގްސަދުގައި އުފައްދާފައިވާ ސެންޓަރެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ ވަފުދެއްވެސް ވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.