ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ރައީސާއި ސަލާމް ކުރައްވަނީ
ހަބަރު
11 Jan 2024 | 21:54
ޗައިނާއިން ރާއްޖޭގެ ސިވިލް ސާވަންޓުންނަށް 1000 ސްކޮލަރޝިޕް

ޗައިނާ ސަރުކާރުން ރާއްޖެއަށް 1000 ސްކޮލަރޝިޕްގެ ފުރުޞަތު ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިވަގުތު ޗައިނާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

މިއީ އެއް ޤައުމަކުން މިހާތަނަށް މިހާ ގިނަ ސްކޮލަޝިޕްގެ ފުރުޞަތު ލިބިގެން ދިޔަ ފަހަރުކަން މި ފުރުޞަތުގައި ފާހަގަކޮށްލަން ޖެހެއެވެ.

މިރޭ ޗައިނާގައި ތިބި ދިވެހިންނާއި ބައްދަލު ކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ ފުޅުގައި ވަނީ ޗައިނާއިން ރާއްޖެއަށް މި ދެއްވި 1000 ސްކޮލަރޝިޕްގެ ބައެއް ތަފްޞީލްތައް ހިއްސާ ކުރައްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ ޗައިނާ ސަރުކާރުން ދެއްވި އެ 1000 ސްކޮލަރޝިޕަކީ 5 އަހަރު ދުވަހަށް ބަހާލައިގެން ސިވިލް ސަރވިސް މުވައްޒަފުންނަށް ދެއްވުމަށް ނިންމާފައިވާ ސްކޮލަރޝިޕް ތަކެއްކަމަށާއި، އެގޮތުން ކޮންމެ އަހަރަކުވެސް 200 ދިވެހިންނަށް ފުރުޞަތު ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މިހާރު  ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ވަނީ އެކި ދާއިރާތަކުން ދެޤާއުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކުގައި ޗައިނާއާއެކު ސޮއިކުރައްވާފައެވެ. އޭގެތެރޭގައި ޢުމްރާނީ، އިޤްތިޞާދީ އަދި ފަންނީ ދާއިރާ ހިމެނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ރޭ ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި ވަނީ ދެޤައުމުގެ ދެމެދު ގުޅުންބަދަހިކުރެއްވުމަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފައެވެ. އަދި މި މަޝްވަރާތަކަކީ ކާމިޔާބު އަދި ރާއްޖެއށް ފައިދާހުރި މަޝްވަރާތަކެއް ކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ކުރައްވަމުން މި ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދިވެހިންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވަނީ ޗައިނާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތައް އޮޅުން ފިލުއްވާފައެވެ. އަދި ރައީސް ވަނީ އެ ދަތިތައް ޙައްލުކޮށް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅު ވެފައެވެ.

ޗައިނާގެ ސަރުކާރުންވެސް ބުނެފައިވަނީ މިހާރަށް ވުރެ ލުއި ފަސޭހަ ގޮތްތަކެއް ދިވެހިންނަށް ހަމަޖައްސަވައި ދެއްވާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ