ދީން
12 Jan 2024 | 13:07
"ރަނގަޅު ގޮތުގައި ބުއްދީގެ ބޭނުން ނުހިފާ މީހުންގެ ދަރަޖަ، މާތް اللهގެ ހަޟުރަތުގައި ހައިވާނުންނަށް ވުރެވެސް ދަށް"

ރަނގަޅު ގޮތުގައި ބުއްދީގެ ބޭނުން ނުހިފާ މީހުންގެ ދަރަޖަ، މާތް اللهގެ ހަޟުރަތުގައި ހައިވާނުންނަށް ވުރެވެސް ދަށް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

މަސްތުވާތަކެތީގެ ނުރައްކަލުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނީ، މާތް الله ސުބުޙާނަހޫ ވަތަޢާލާ ޚަލްގު ކުރެއްވި އެންމެހާއި މަޚްލޫޤުންގެ ތެރެއިން އެންމެ މާތް ކުރެއްވީ އިންސާނުން ކަމަށެވެ. 

އެއީ އެކަލާނގެ އެބައިމީހުންނަށް ދެއްވި ބުއްދި އާއި ވިސްނުމުގެ ސަބަބުންނެވެ. މާތް الله އިންސާނުންނަށް ބުއްދި ދެއްވާފައި ވަނީ ވިސްނައި ފިކުރުކޮށް، ހެވާއި ނުބައި ވަކިކޮށް ދެނެގަތަށްޓަކައެވެ. އެހެން ކަމުން ރަނގަޅު ގޮތުގައި ބުއްދީގެ ބޭނުން ނުހިފާ މީހުންގެ ދަރަޖަ އެކަލާނގެ ހަޟުރަތުގައި ހައިވާނުންގެ ދަރަޖައަށްވުރެވެސް ދަށްވެގެން ވެއެވެ. އެހެންކަމުން ބުއްދިއަށް ރައްކާތެރިވުމަކީ އސްލާމީ ޝަރީޢަތުގެ އެންމެ މުހިންމު މަގްސަދުތަކުގެ ތެރޭގައި ލައްވާފައިވާ ކަމެކެވެ.

ހުކުރު ޚުތުބާ 

މިއާއެކު ޚުތުބާގައި މަސްތުވާ ތަކެއްކީ، ހަމަބުއްދިއާއި ހެޔޮވިސްނުމުން މީހާ އެކަހެރި ކޮށްލާ އެއްޗެއް ކަމަށާ އެފަދަ ތަކެތި ބޭނުން ކުރަން ފެށުމުން، ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަކަން، މިޒަމާނުގެ ދިރާސާތަކުން ސާބިތުވާ ކަމަށެވެ.

ހެރޮއިން އާއި ކޮކޭންފަދަ މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ ސިކުނޑިއަށް އަންނަ ބަދަލުތަކުގެ ސަބަބުން، ސިކުނޑިން ރަނގަޅުނޫން މެސެޖްތަކެއް ދޭންފަށައެވެ. އެހެން ކަމުން އެ މީހުންގެ ކިބައިން އާދަޔާ ޚިލާފް އަމަލުތައް ފެނެއެވެ. ކަންބޮޑުވެ ހާސްވެގެން، އަމިއްލައަށް މަރުވާ ހިސާބަށް ވެސް ހިނގައިދެއެވެ. މިހެން ދިމާވަނީ، މަސްތުވާ ތަކެތި ބޭނުން ކުރުމުން، ސިކުނޑީގެ ބައެއް ސެލްތައް ހަލާކުވާތީއެވެ. މިއީ އަލުން ފޫބެއްދޭވަރުގެ ގެއްލުމެއް ނޫނެވެ. މަސްތުވާތަކެތި ބޭނުން ކުރުމުން، އންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ހިމަ ނާރުތަކަށް ވެސް ގެއްލުން ފޯރައެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓައިލި ކަމުގައި ވިއަސް ވަރުގަދަ އީމާންކަމެއް ނެތްނަމަ، އެމީހަކު އެއާ ދިމާއަށް އެނބުރި ދިއުމީ އެކަށީގެންވާ ކަމެކެވެ.

ހުކުރު ޚުތުބާ 

މީގެ އިތުރުން ޚުތުބާގައި ބުނީ، މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ވެސް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މިގައުމުގެ އެތަކެއް ޒުވާނުންނެއް ވެސް އެވަބާގައި ޖެހިފައިވާ ކަމަށެވެ. 

އަދި މަސްތުވާ ތަކެތީގެ ސަބަބުން ގެއްލުން ވަނީ ހަމައެކަނި އެ ބޭނުން ކުރާ މީހާއަށް ނޫން ކަމަށާ، އޭގެ ސަބަބުން، އެމީހާގެ އާއިލާ އަށާއި، މުޅި މުޖުތަމަޢުއަށްވެސް އަދި މުޅި އުންމަތަށް ވެސް ސީދާ އަދި ނުސީދާގޮތުން ގެއްލުން ލިބޭ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ. 

އެހެންކަމުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް އެންމެން އެކީގައި ކުރިމަތިލާ، އެ ވަބާ މުޖުތަމައުން ފޮހެލުމަށް މަސައްކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.