ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވަނީ-- ފޮޓޯ: ޕީއެސްއެމް
ހަބަރު
13 Jan 2024 | 12:30
މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި

މިއަދު ކުރިއަށްދާ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި މުހައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ.

ރައީސް ނަޝީދު ވޯޓު ލެއްވީ އަމީނިއްޔާ ސްކޫލަށެވެ.

މާލެ ސިޓީ ކައުންސިލް ގެ މޭޔަރަކު ހޮވުމަށާއި ހުސްވެފައިވާ ގޮނޑި ތަކަށް މެމްބަރުން އިންތިހާބް ކުރުމަށްޓަކައި ކުރިއަށް ދާ ވޯޓުލުން ފެށީ މިއަދުގެ ހެނދުނު 8 ޖެހިއިރުއެވެ.

މާލެ ސިޓީއަށް އިއްޔެ ވެސް މޫސުން ގޯސްވެ ވިއްސާރަ ވެހުމުގެ ސަބަބުންނާއި، ކުރިއަށް ވެސް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށްފައިވާތީ ވޯޓުލުން މިއަދު ހަވީރު 5 ޖަހާއިރު ނިންމާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފައެވެ.

މި އިންތިހާބުގައި 54680 އަށްވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބޭ ކަމަށް އީސީ އިން ވަނީ ހާމަކޮށްފައެވެ.

މި އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވަނީ :

1. ޝުއައިބު އަލީ (އަމިއްލަ ގޮތުން)

2. ހުސެއިން ވަހީދު (އަމިއްލަ ގޮތުން)

3. އާއިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ)

4. އާދަމް އާޒިމް (އެމްޑީޕީ)

5. މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް)

މާލޭ ސިޓީގެ މޭޔަރު ކަމުގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި  ރައީސް ޑރ.މުޙަައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގަތުމުންނެވެ.

މޭޔަރަކު ހޮވުމުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ވޯޓުލުން ވެސް މިއަދު ކުރިއަށްދާ ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް