އީސީ ގެ ނައިބު ރައީސް ހަބީބު
ހަބަރު
13 Jan 2024 | 16:14
ކެންޕެއިންގެ އެއްވެސް ހަރަކާތެއް ސޯޝަލް ސެންޓަރަކު ނުހިނގާ: އީސީ

މާލޭ މޭޔަރަކު ހޮވުމަށް މިއަދު ބާއްވަމުންދާ އިންތިހާބުގައި ވޯޓްފޮށި ބެހެއްޓިފައިވާ އެއް މަރުކަޒު ކަމަށްވާ ސޯޝަލް ސެންޓަރުގައި ކެންޕެއިންގެ އެއްވެސް ޙަރަކާތެއް ނުހިނގާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން މިހެން ބުނެފައިވަނީ މާލޭ މޭޔަރު އަދި ކައުންސިލް ބައި އިލެކްޝަނުގެ އިންތިހާބުގައި ވޯޓުލާން ފަސް ވޯޓު ފޮއްޓެއް ބަހައްޓާފައިވާ ސޯޝަލް ސެންޓަރުގައި ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓު އާޒިމާ ޝުކޫރަށް ކެމްޕެއިން ކޮށްދިނުމަށް ސަރުކާރު އޮފީހެއް ހަދައިގެން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ކުރަމުން ދާތީވެ "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިކަމާއި ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ވޮއިސް" އަށް ވިދާޅުވީ، ސޯޝަލް މީޑިޔާގައި އެފަދަ ޚަބަރެއް އުޅޭތީވެ، ބައެއް ފަރާތްތަކުން އެކަމުގެ ޝަކުވާ ލިބިގެން ސީދާ އީސީގެ ފަރާތުން ގޮސް އެކަންތައްތައް ބައްލަވާފައިވާ ކަމަށެވެ.

"ސީދާ އަޅުގަނޑުމެން އެތަނަށް ގޮސްގެން ބަލައިފިން އެފަދަ ކަމެއް ހިނގާތޯ، އެފަދަ އެއްވެސް ކަމެއް ނުހިނގާ އަދި އެފަދަ އޮފީހެއްވެސް ނެތް ، މިނިސްޓަރ ވިދާޅުވި ގޮތުގައި އެތަނުގައި ހުރި އޮފީހަކީ މިނިސްޓްރީގެ މަސައްކަތްތައް ހިންގަމުން ގެންދާ އޮފީހެއް. އަދި އޮފީހޭ އެބުނާ ތަނުގައި މިހާރު އެއްވެސް މީހެއްނެތް" 

ޙަބީބު ވިދާޅުވިއެވެ.

ހަބީބު ފާހަގަކުރެއްވި ގޮތުގައި ސޯޝަލް ސެންޓަރުގައި އީސީން ބަހައްޓާފައިވާ ވޯޓްފޮށިތައް ބެހެއްޓިފައި ހުރީ އެ ސެންޓަރުގެ ހޯލުގައާއި އަދި ބޭރު ހަރުގޭގައެވެ. ހަބީބު ވިދާޅުވީ މިނިސްޓްރީގެ ޢިމާރާތް ހުރީވެސް އެއިން ތަނަކާއި ކައިރީގައިވެސް ނޫންކަމަށެވެ.

" އަސްލު އެ ޚަބަރު ބައެއް ފަރާތްތަކުން ގެނެސްދީގެން އުޅެނީ ވަރަށް ކަންބޮޑުވާ ފަދަ ގޮތަކަށް ، ވޯޓްލާ މަރުކަޒުގައި ކެންޕެއިން އޮފީސް ހަދާގެން ކެން ޕެއިން ކުރާ ވާހަކަ، އެފަދަ ގޮތަކަށް ޚަބަރުތައް ނުގެނައުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސްކުރަން" 

ޙަބީބު ވިދާޅުވިއެވެ.

ޙަބީބު އިތުރަށް ވިދާޅުވި ގޮތުގައި އިންތިހާބާއި ގުޅޭ  އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން ލިބިއްޖެ ނަމަ އެބޭފުޅުން އެކަމެއް ބަލާ ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.  "އެފަދަ އެއްވެސް ކަމެއް ހިނގާނަމަ އަޅުގަނޑުމެން އެކަމެއް ބަލާ ޤަވާޢިދުން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަށް" ވަރަށް ޔަޤީން ކަމާއިއެކު ހަބީބު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.