ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ: އެމްޑީޕީ
ހަބަރު
13 Jan 2024 | 22:00
އާދަމް އާޒިމް މާލޭގެ ރައްޔިތުން މާޔޫސް އެއް ނުކުރާނެ: ރައީސް ޞާލިހު

މާލޭގެ މޭޔަރު ކަމަށް އިންތިހާބުވި އާދަމް އާޒިމް މާލޭގެ ރައްޔިތުން މާޔޫސް ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހް މިފަދައިން ވިދާޅުވީ އާޒިމް މޭޔަރު ކަމަށް އިންތިހާބު ވުމާއި ގުޅިގެން އެޕާޓީން އުފާ ފާޅު ކުރުމަށް ބޭއްވި "ޝުކުރިއްޔާ ރައްޔިތުން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

"އާދަމް އާޒިމެއް މާލޭގެ ރައްޔިތުންނެއް މާޔޫސް އެއް ނުކުރާނެ. މި އެމްޑީޕީއެއް މާލޭގެ ރައްޔިތުނެއް މާޔޫސް އެއް ނުކުރާނެ. "

ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ އާޒިމް މޭޔަރު ކަމަށް އެ އަންނަނީ ތަސައްވުރަކާއި އެކީގައި ކަމަށެވެ. އަދި އާޒިމް އަންނަނީ ސަރުކާރެއް ހަދައިގެން އިތުރު ސަރުކާރެއް މިހާރު އޮތް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ހިންގާކަށް ނޫން ކަމަށާއި ގާނޫނީ ގޮތުން މަތިކޮށްފައި އޮތް މަސްއޫލިއްޔަތު ތަކެއް އަދާކުރަން ކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އާޒިމް މާލޭގެ މޭޔަރު ކަމާއި ހަވާލުވެ ވަޑައިގަންނަވަނީ މާލޭގެ ރައްޔިތުން އެދޭ ގޮތަށް މާލެ ބަދަލު ކުރުމަށް ކަމަށާއި އެގޮތުން  ފުނި ޖެހިފައި އޮތް ދަތި އުނދަގޫ މާލެއަށް ހައްލެއް ހޯދައިދީ، ޓްރެފިކަށް ހައްލު ހޯދައި، "ކުނިވެފައި އޮތް" މާލެ ސާފު ކުރުމަށް އާޒިމާއި އެކީގައި އެމްޑީޕީން ނުކުންނާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެ އިތުރުންވެސް ރައީސް ޞާލިހު ވިދާޅުވީ މާލޭގެ ރައްޔިތުން މިއަދު މެސެޖެއްދީފި ކަމަށާއި 71 ޕަސެންޓް މި ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފި ކަމަށެވެ. އަދި ވެރިކަމަށް އައިތާ ދެމަސް ނުވަނީސް މާލޭ ރައްޔިތުން ނުކުމެ މިސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނީ ސަބަބެއް ނެތި އެއް ނޫން ކަމަށާއި ސަރުކާރުގެ އަސްލު ކުލަ ދައްކާލައިފިކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.