ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު-- ފޮޓޯ: އެމްޑީޕީ
ހަބަރު
13 Jan 2024 | 22:35
ޞާލިހްގެ ގަދަބަސް މުޢިއްޒުއަށް: ފްލެޓާއި ގޯތި މިއަދުން މިއަދަށް ހަވާލު ކުރައްވާ

ފްލެޓާއި ގޯތި މިއަދުން މިއަދަށް ހަވާލު ކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ. 

ރައީސް ޞާލިހު މިފަދައިން ގޮވާލެއްވީ އާދަމް އާޒިމް މާލޭގެ މޭޔަރު ކަމަށް ހޮވުމާއި ގުޅިގެން އެމްޑީޕީން އުފާ ފާޅު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައްޔިތުން ފުށި ދިއްގަރުފަޅަށް ނުގެންގޮސް، ރައީސް ޞާލިހުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯއްޗާއި ފްލެޓް މިއަދުން މިއަދަށް ހަވާލު ކުރުމަށް ވަނީ ރައީސް ޞާލިހު ވަނީ ރައީސް ޑރ.މުއިއްޒު އަށް ގޮވާލައްވާފައެވެ.

"ކުރިއަށް މިއޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު. މި އިންތިހާބުން މާލޭގެ ރައްޔިތުންގެ ފަރާތުން ރުހުމެއް ބޭނުންވާ ކަމުގައި ވަންޏާ، ވޯޓެއް ބޭނުންވާ ކަމަށް ވަންޏާ މުއިއްޒު ކުރައްވަންވީ ކަމަކީ އެއީ. އެހެން ނޫނިއްޔާ ބޮޑު ތަނުން އަނެއްކާވެސް މި ސަރުކާރަށް ނޫނެކޭ ބުނާނެ."

ރައީސް ޞާލިހު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޞާލިހު ވިދާޅުވީ ރައީސް ޑރ.މުއިއްޒު މިހާރުވެސް ކުރައްވާ ކަމަކީ ވެރިކަމަށް އައުމަށްްޓަކައި ކުރެއްވި މަސައްކަތް ކަމުގައިވާ ދޮގު ހެދުމާއި އޮޅުވާލުމާއި ނަފްރަތަށް ގަދަ ބަސް ބުނުން ކަމަށާއި އެކަމުން ކާމިޔާބެއް ނުވާނެ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މި ސަރުކާރަކީ މަޑުމައިތިރި ކަމާއި އެކު ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރުމަށް ގެނައި ސަރުކާރެއް ކަމަށާއި އެކަން އެގޮތަށް ނުކުރާ ކަމަށް ވަންޏާ ރައްޔިތުން ޖަވާބު ދާރީ ކުރުވާނެ ކަމަށާއި މި ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ޞާލިހު ވަނީ ވަރަށް ޖޯޝުގައި ހުންނަވައި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ޞާލިހުގެ ވާހަކަފުޅުގައި މާލޭގެ ރައްޔިތުންނަށް ދީފައި ހުރި ގޯތި ތައް ލަސްނުކޮށް ހަވާލު ކޮށްދިނުމަށް ތަކުރާރުކޮށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ކޮމެންޓް
އަލީ
ގައުމު ހިންގަވަން އެނގިވަޑައިނުގެން ބަޔެއްގެ ޕަޕެޓަކަށް ވެވަޑައިގެން މުޅި ގައުމު ވިއްކަވައި ދަރަނިވެރި ކުރުވައި، ކުންފުނިތައް ބަނގުރޫޓު ކުރައްވައި، ތަން އަޅުވެތިކަމުގެ ތެރެއަށް ދޫކުރައްވާފައި ވަޑައިގަތް ހަނދާން ނުނެތޭނެ.
14 Jan 2024
ގުޅޭ ލިޔުންތައް
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ
06 Jul 2026
ނެގޮމްބޯ ޖަލުގައި 25 މަރު 100 އަށް އަނިޔާ
ސްރީލަންކާގެ ނެގޮމްބޯ ޖަލުގައި ޤައިދީންގެ ދެ ގްރޫޕެއްގެ ދެމެދުގައި އާދީއްތަ ދުވަހު ހިނގި ހަމަނުޖެހުންތަކެއްގައި 25 މީހުން މަރުވެ ގާތްގަނޑަކަށް 100 މީހުންނަށް އަނިޔާވެއްޖެއެވެ.