އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް-- ފޮޓޯ: ވޮއިސް
ހަބަރު
14 Jan 2024 | 07:38
ލިބުނު ކާމިޔާބީއާއެކު އެމްޑީޕީގެ ހަރަކާތްތައް އިތުރު ގިޔަރަކަށް ޖައްސާނަން: ފައްޔާޒު

މާލޭ މޭޔަރު ހޮވުމުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބުނު ކާމިޔާބީއާއެކު ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް ޖައްސަވާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމް މާލޭ ސިޓީގެ މޭޔަރު ކަމަށް ހޮވުމާއި ގުޅިގެން އެމްޑީޕީން އުފާ ފާޅު ކުރުމަށް ކުރިއަށް ގެންދިޔަ "ޝުކުރިއްޔާ ރައްޔިތުން" ކެމްޕޭންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އޭނާ ވިދާޅުވީ، އިންތިޚާބުގެ އެ ކާމިޔާބީ އާއެެކު، ދެން އެ ޕާޓީން މަސައްކަތް ކުރާނީ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރަން ކަމަށެވެ. 

""މިއީ އާ ފެށުމެއް، އާ ހިތްވަރެއް، މި ލިބުނު ކާމިޔާބާ އެކު ދެން އޮތް މަސައްކަތަކީ މަޖިލީހުން ރަނގަޅު އަދަދެއް ހޯދައި ސަރުކާރު ޖަވާބުދާރީ ކުރުވުން. ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންގެ ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރަކަށް ޖައްސާލާނަން. މާލޭގެ މި ނަތީޖާއާއެކު، މާލޭގެ މަޖިލިސް ގޮނޑިތަކާއި އަދި ހަމަ އެހެންމެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަންވީގޮތް ރާވާލަމުން ދާނަން."

ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މިހާރު މި ސަރުކާރުން ދާ މިސްރާބަކީ އެމްޑީޕީން ރިޔާސީ އިންތިހާބުގައިވެސް ބުނި ފަދައިން ބިރުވެރި މިސްރާބެއް ކަމަށެވެ. މިއަދު ރައީސް ޑރ.މުއިއްޒު ޗައިނާއިން އެނބުރި އައިސް ނޫސްވެރިންނާއި ބައްދަލކުރައްވައި ދެއްކެވި ވާހަކަފުޅު ތަކުން އެކަން ސާފު ވެގެން ގޮއްސި ކަމަށާއި ފެންނަނީ ދިވެހި ރާއްޖެ މި ވައްޓާލަނީ ކޮންކަހަލަ ތަނަކަށް ކަމެއް ވެސް ނޭނގޭ ވަރުގެ އަނދަވަޅަކާއި ދިމާލަށް ދާތަން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ފައްޔާޒް ވަނީ އާޒިމް މާލެ ސިޓީގެ މޭޔަރަކަށް އިންތިހާބު ވުމަކީ އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީ އާއި ގުޅިގެން ލިބުނު މާޔޫސްކަމުގެ ތެރޭގައި ކުޑަކޮށް މަޑުޖެހިފައި ތިބީ "ވާނުވާ" ކުޑަކޮށް ބަލާލައިގެން ކުރިއަށް ގެންދިޔުމަށް ކަމަށާއި ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން މިވަނީ ހިފިފައި ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. 

އިއްޔެގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 54,680 މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 17,410 މީހުންނެވެ. އޭގެ ތެރެއިން 7621 ވޯޓު ހޯއްދެވީ އާޒިމް އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާޒިމާ ޝަކޫރެވެ. އޭނާއަށް ގާތްގަނޑަކަށް 5031 ވޯޓު ލިބިވަޑައިގަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.