އިއްޔެގެ ކާމީޔާބީއާއި ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ފައްޔާޒު ވާހަކަ ދައްކަވަނީ-- ފޮޓޯ/އެމްޑީޕީ
ހަބަރު
14 Jan 2024 | 11:25
މާލޭ މޭޔަރގެ ގޮނޑި އެމްޑީޕީ އަށް: ފައްޔާޒު ވިދާޅުވީ އެއިން ދެނީ މުހިންމު މެސެޖެއް ކަމަށް!

މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މޭޔަރ ކަމުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވުމަކީ ސަރުކާރަށް ދެވުނު މުހިންމު މެސެޖެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. 

އިއްޔެގެ މޭޔަރ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޢާޒިމް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ، ހައްސާސް ދަނޑިވަޅެއްގައި މާލޭ ގެ ރައްޔިތުން އަދި ޖުމްލަކޮއް ދިވެހިންނަށް ލިބުނު މުހިންމު ކާމިޔާބެއް ކަމަށެވެ. 

"ހައްސާސް ދަނޑިވަޅެއްގައި މާލޭ ގެ ރައްޔިތުން އަދި ޖުމްލަކޮއް ދިވެހިންނަށް ލިބުނު މުހިންމު ކާމިޔާބެއް. މުހިންމު މެސެޖެއް. މަރުހަބާ ޢާޒިމް އަދި އެމް.ޑީ.ޕީ ގެ ލޮބުވެތި މެންބަރުންނާއި ތާއިދުކުރާ ބޭފުޅުން." ފައްޔާޒު ވިދާޅުވިއެވެ. 

އިއްޔެ މާލޭގައި ބާއްވާފައި ވަނީ، ހުސްވެެފައިވާ މާލޭ މޭޔަރ ކަމާއި، މާލޭ ކައުންސިލަރުންގެ ތިން ގޮނޑިއަަކަށް މެންބަރުން ހޮވުމުގެ އިންތިހާބެވެ. 

އެ އިންތިޚާބުގައި މާލޭ މޭޔަރ ކަމަށް 5 ކެންޑިޑޭޓަކު ވަނީ ވާދަކުރައްވާފައެވެ. އެއީ، ސަރުކާރުގެ ޕާޓީ ޕީއެންސީގެ ފަރާތުން ޢާއިޝަތު ޢާޒިމާ ޝަކޫރު، އެމްޑީޕީގެ ފަރާތުން އެމްޑީޕީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް، ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހް އަދި އަމިއްލަ ގޮތުން ހުސައިން ވަހީދާއި ޝުޢައިބެވެ. 

އޭގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވި އާޒިމަށް ލިބިވަޑަައިގަތީ 7،621 ވޯޓެވެ. އާޒިމާ އަށް ލިބިވަޑައިގަތީ 5،031 ވޯޓެވެ. އަދި ސައިފަށް 2،343 ވޯޓު ލިބިވަޑައިގެންނެވިއިރު ހުސައިން ވަހީދަށް ލިބިވަޑައިގަތީ 1،888 ވޯޓެވެ. ޝުއައިބަށް ލިބި ވަޑައިގަތީ 125 ވޯޓެވެ.

އެހެންކަމުން، ވޯޓުލީ މީހުންގެ 44 އިންސައްތަ އާއެކު މޭޔަރ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ އާޒިމެވެ. 

އިއްޔެގެ މޭޔަރ ބައި އިލެކްޝަން ގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 54,680 މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 17,410 މީހުންނެވެ. 

 

ކޮމެންޓް
Ali Hameedhu
ފައްޔާޒުމެން ހަނދާން ނެތުނީބާ އެމް.ޑީ.ޕީ ވެރިކަމުގަ މުއިއްޒު މޭޔަރުކަމައް ހޮވުނުކަން..
14 Jan 2024
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.