އާޒިމް މޭޔަރ ކަމަށް އިންތިޚާބުވުމާއި ގުޅިގެން ބޭއްވި ޖަލްސާގެ ތެރެއިން--ފޮޓޯ/އެމްޑީޕީ
ހަބަރު
14 Jan 2024 | 12:06
ކުރީ ސަރުކާރުން، މާލެ ސިޓީ ކައުންސިލަށް، އެއްވެސް ކަމެއްގައި ހުރަހެއް ނާޅާ: ފައްޔާޒު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް އެއްވެސް ކަމެއްގައި ހުރަސް ނާޅާ ކަމަށް، އެ ސަރުކާރުގެ އިކޮނަމިކް އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. 

އިއްޔެ ބޭއްވުނު މާލޭ މޭޔަރ ކަމުގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް އަދި ކުރީގެ ސީއީއޯ އާދަމް ޢާޒިމް ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެކަމުގެ އުފާ ފާޅުކުރުމަށް ބޭއްވި ޖަލްސާއަށްފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ، އެމްޑީޕީ ސަރުކާރުގައި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މާލޭ މެޔަރ ކަމަށް ހުންނެވިއިރު ކަންކަމަށް ހުރަސް އަޅާފައިވާ ކަމަށް ދެކެވޭ ވާހަކަ ތަކަށް ރައްދު ދެއްވާފައެވެ. 

މީގެ ދެމަސްދުވަސް ކުރިން، ރައީސުލްޖުމުހޫރިއްޔާ ހުންނެވީ މާލޭގެ މޭޔަރ ގެ މަގާމުގައި. އަޅުގަނޑުމެން އޭރު ތިބީ ސަރުކާރުގައި. އަޅުގަނޑުމެންނެއް ސިޓީ ކައުންސިލަށް އެއްވެސް ކަމަކަށް ހުރަހެއް ނާޅަން. އަޅުގަނޑުމެންގެ ސަރުކާރުގައި ކައުންސިލް ތަކަށް ހަގީގީ ބާރުވެރިކަން ދިނިން. އަޅުގަނޑުމެންގެ މަޖިލީހުން ފާސްކޮށްގެން މާލީ ބާރުވެރި ކަމާ، ހުރިހާ ބާރުވެރިކަމެއް ދީފައި އެ އޮތީ އަޅުގަނޑުމެން. 

ފައްޔާޒު އިސްމާއީލް 

ފައްޔާޒު މިހެން ވިދާޅުވެފައި ވާއިރު، ސޯލިހުގެ ސަރުކާރުން ކަންކަން ކުރެއްވީ ލާ މަރުކަޒީ ގާނޫނާއި ޚިލާފަށް ކަމަށް އޭރު މޭޔަރ ކަމުގައި ހުންނެވި ރައީސް މުޢިއްޒުގެ އިތުރުން މާލެސިޓީ ކައުންސިލަށް އެމްޑީޕީ ޓިކެޓްގައި ހޮވިވަޑައިގެންނެވުމަށްފަހު ޑިމޮކްރެޓްސް އާއި ގުޅުވައިގެންނެވި ކައުންސިލަރ ސައިފް ފާތިހް ވެސް ވަނީ ވިދާޅުވެފަ އެވެ. 

އެގޮތުން، އަމީނީ މަގު ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލް އަތުން އަތުލުމާއި، އަދި މާލޭގެ މުނިސިޕަލް އެހެން ބައެއް ޚިދުމަތްތަކުގެ އިތުރުން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައްވެސް ލާ މަރުކަޒީ ގާނޫނުގައިވާ ފަދައިން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކުރިއަށް ނުގެންދާތީ މާލެ ސިޓީ ކައުންސިލުން ވަނީ ވަރަށް ބޮޑު ނުރުހުން ފާޅުކޮށްފައެވެ. 

އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު ވަނީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަަށަށް ގެނެސް، ލާ މަރުކަޒީ ގާނޫނާއި އެއްގޮތަށް ސިޓީ ކައުންސިލް ހިންގުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.