އެމްޓީސީސީން ކުރިއަސް ގެންދާ މަސައްކަތެއްގެ ތެރެއިން / ފޮޓޯ:އެމްޓީސިސީ
ހަބަރު
14 Jan 2024 | 19:36
އެމްޓީސީސީއަށް ބާރުބޮޑުވެ، އެ ކުންފުނި ކަހަލަ އެހެން ކުންފުންޏެއް ހަދަނީ

ރާއްޖެއަށް ގެންނަށް ބޭނުންވާ ތަރައްޤީ ގެނައުމުގައި އެންމެ ބުރަކޮށް މަސައްކަތްކުރާ ސަރުކާރުގެ އެއް ކުންފިނި ކަމަށްވާ އެމްޓީސީސީއަށް ބާރު ބޮޑުވާތީ، އެ ކުންފުނިން ކުރާ މަސައްކަތް ކުރާ އިތުރު ކުންފުންޏެއް އުފައްދަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތަފުސީލުތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ، މިހާރު އެމްޓީސީސީގައި 100 އެތައް މަޝްރޫއެއް ފުނިޖެހިފައިވާ ކަމަށެވެ. އަދި، އެ ހުރިހާ މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ޤާބިލުކަން އެ ކުންފުނީގައި ނެތް ކަމަށެވެ.

"އެބޭފުޅުންނަށް ކުރެވޭ ވަރަށް ވުރެ މަސައްކަތްތަކުގެ އަދަދު ގިނަވެ، މަސައްކަތްތައް ބޮޑުވެފައިވާތީވެ އެކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވުނު މަޝްވަރާއެއް،".  މިއަދުގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް މިހެން ވިދާޅުވެފައިވާ އިރު އެމްޓީސީސީއަކީ ރާއްޖޭގައި ސަރުކާރުން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާ މައި ކުންފުންޏެވެ. އޭގެ ތެރޭގައި ރަށްރަށުގެ ބަނދަރުތައް ހެދުމާއި، ފަޅުތައް ހިއްކުން ފަދަ ބިޔަ ބޮޑަތި މަޝްރޫޢުތައް ހިމެނެއެވެ.

ރާއްޖޭގެ ތަރައްޤީގައި އެމްޓީސީސީ ހިމެނެނީ އެންމެ ގިނަ މަސައްކަތްތައް ކުރާ އެންމެ ރަނގަޅު ނަތީޖާ ނެރެދޭ އެއް ކުންފުނީގެ ގޮތުގައެވެ. ނަމަވެސް މި ފަހަކަށް އައިސް އެކުންފުނި ވެފައިވަނީ މަސައްކަތުގެ ގޮތުން ބާރު ބޮޑުވެފައިވާ ކުންފުންޏަކަށެވެ. ނާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުގެ މިއަދުގެ އެ ނިންމެވުމަކީ މިކަމަށް ހައްލު ލިބިގެން ދާނެކަމެކެވެ.

ވަޒީރުންގެ މަޖިލހުން މިއަދު މިފަދައިން ނިންމާފައިވާ އިރު ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެއްވެސް މެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް