އެމްސީއެލްގެ އެމްޑީ ޝަރީފް / ފޮޓޯ: ރައީސް އޮފީސް
ހަބަރު
15 Jan 2024 | 18:10
މިހާރު އަހަރަކު އެއްލައްކަ ވިހިހާސް ޓަނާއި ހަމައަށް ކާގޯ ބޭރުކުރެވޭނެ: އެމްޑީ ޝަރީފް

މިހާރު އަހަރަކު އެއްލައްކަ ވިހިހާސް ޓަނާއި ހަމައަށް ކާގޯ ބޭރުކުރެވޭނެކަމަށް އެމްސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިހާރު ބޭނުންކުރަމުންދާ ކާގޯ ޓާމިނަލަށްވުރެ ދެ ގުނަ ބޮޑު، އާ ކާގޯ ޓަރމިނަލް ހުޅުވުމަށް މިއަދު ހަވީރު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"މިކާގޯ ޓާމިނަލް ހުޅުވުމުން އަޅުގަނޑުމެނަށް އަހަރެއްގެ މައްޗަށް އެއްލައްކަ ވިހިހާސްޓަނާއި ހަމައަށް ކާގޯ ބޭރުކުރެވޭނެ، މިޙާތަނަށް އަޅުގަނޑުމެން ކާގޯ ބޭރުކުރުމަށް ބޭނުންކުރި ޢިމާރާތަކީ މީގެ ސާޅިސް އަހަރުކުރިން ބިނާކުރެވުނުތަނެއް " 

އެމްޑީ ޝަރީފު ވިދާޅުވިއެވެ.

ކާގޯ ހޭންޑްލިންގ ހިދުމަތް ދެމުން އަންނަތާ 40 އަހަރު ވެފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައު ކާގޯ ޓަރމިނަލެއް ތަރައްޤީކުރަން ފެށީ ކާގޯގެ އަދަދު އެތައް ގުނައެއް އިތުރުވެ، ޓަރމިނަލް ކުޑަވެގެން ދިމާވާ ދަތިތައް ހައްލު ކުރެއްވުމަށެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ޝަރީފްވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ތަރައްޤީގެ ތަޞައްވަރަށް ވަރަށް ބޮޑަށް ތަޢުރީފުކޮށް ވާހަކަ ދައްކަވާފައެވެ.

"ވެލާނާ އިންޓަނޭޝަނލް އެއާޕޯޓުގެ ތަރައްޤީއަށާއި ، ދިވެހިރާއްޖޭގެ އިސްތިޤްލާލާއި ކުރިއެރުމަށ މިހާރުގެ ރައީސުލް ޖުމުހުރިއްޔާ ދެކެވަޑައި ގަންނަވާ ތަޞައްވަރަށް ޓަކައި އެމްސީއެލް މުއައްޒަފުންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން "

 ޝަރީފް ވިދާޅުވިއެވެ.

މިއަދު ހުޅުވިގެން މިދިޔަ އެއަރޕޯޓްގެ އައު ކާގޯ ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 120،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭ ކެޕޭސިޓީގެ ޓަރމިނަލެކެވެ. އެހެންކަމުން ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އައު ކާގޯ ޓަރމިނަލަކީ އެއަރޕޯޓްގައި މިހާތަނަށް ބޭނުންކުރަމުންދިޔަ 50000 ޓަނުގެ ކެޕޭސިޓީގެ ކާގޯ ޓާމިނަލާއި އަޅާބަލާއިރު 2 ގުނަ ބޮޑު ޓަރމިނަލަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.