އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
ހަބަރު
16 Jan 2024 | 08:08
އިންޑިއާގެ ކުރީގެ މަޖިލިސް މެންބަރެއް, ސަރުކާރު ބަދަލުކުރަން ގޮވާލުން އެމްޑީޕީން ކުށްވެރިކޮށްފި

ރާއްޖެއަށް ސިފައިން ފޮނުވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރުމަށް އިންޑިއާގެ ކުރީގެ މަޖިލިސް މެންބަރެއް ކަމަށްވާ ސުބްރަމާނިއަން ސްވާމީ ގޮވާލުމުން އިދިކޮޅު އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

ސަރުކާރު ބަދަލު ކުރުމަށް ސުބްރަމާނިއަން ސްވާމީ ގޮވާލީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗު މަހު ގެ 15 ގެ ކުރިން ބޭލުމަށް ރައީސް ޑރ.މުއިއްޒު ދެއްވި މުހުލަތާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މިގޮތުން އޭނާ ވިދާޅުވީ ރައީސް މުއިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދަން މުހުލަތެއް ދީފައިވާ ކަމަށާއި އެގޮތަށް އަމަލު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. މާޗު 15 ގެ ކުރިން އިންޑީއާ ސިފައިން ގެންދިޔުމަށް ރައީސް ޑރ.މުއިއްޒު އެންގެވި ފަދައިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަމަލުކުރައްވައި އިންޑިއާގެ މޫނު މަތީގައި "މަޑް" އިން ޖަހާނީތޯ ނުވަތަ ރާޖީވް ގާންދީ ހެދިހެން، ސިފައިން ފޮނުވައި ރައީސް ޑރ. މުއިއްޒު، ވެރިކަމުން ދުރުކުރާނީތޯ ސުބްރަމަނިއަން ވަނީ ސުވާލު އުފައްދަވާފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ދެގައުމުގެ ދެމެދުގައި ނަފުރަތު އުފެދޭ ގޮތަށް އެފަދަ ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަ އަދި ހަރުދަނާ ކަމެއް ހުރި އަމަލެއް ނޫން ކަމަށެވެ. އަދި އެމްޑީޕީން ވަނީ ސިޔާސީ މަންފާއެއް ހޯދުމަށް ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ސުބްރަމާނިއަން ސްވާމީ އަށް އަށް ގޮވާލާފައެވެ.

މީގެ އިތުރުންވެސް އެމްޑީޕީގެ ބަޔާނުގައި ރައީސް ޑރ.މުއިއްޒު އާއި އެމަނިކުފާނުގެ އޮފިޝަލުން ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ އެކުވެރިކަމަށް ހުރަސްއެޅިފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ގޯސްވިޔަ ނުދީ މައްސަލަ ހައްލުކުރުން މުހިންމު ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މީގެ ކުރިންވެސް ސުބްރަމާނިއަން ސްވާމީ  ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން ވެރިކަމުގައި ހުންނަވަނިކޮށް ވެސް އިންޑިއާ ސިފައިން، ރާއްޖެއަށް ފޮނުވުމަށް ގޮވާލުމާއި ގުޅިގެން އެފަހަރު އެ މަނިކުފާނު ވަނީ އެމައްސަލަ އދ އަށް ވެސް ހުށައަޅާފައެވެ.

ކޮމެންޓް
ވާނުވާ.
ކިހިނެއްތޯ ތިޔަ ދަރަޖަ ކުރައްވަނީ؟ ސުބުރަމާނިއަމް ކުރީއޭ ލިއުއްވާނީ. ރާއްޖޭގެ ރައީސް ހުށަހެޅުއްވިއޭ. ޖަރީމާއެއް ހިންގައިގެން އުޅޭ މީހާގެ ޖަރީމާ މާތްކުރާނީ ކިހިނެއް؟
16 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.