ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕް--ފޮޓޯ: ވޮއިސް
ހަބަރު
16 Jan 2024 | 08:42
23 ބައި އިލެކްޝަނުން 18 ގޮނޑި ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް, ބޮޑު ކާމިޔާބީއެއް!

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަރުކާރު ހުވާކުރުމަށްފަހު ރާއްޖޭގައި ބޭއްވި ބައި އިލެކްޝަންތަކުން ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަނަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ފަހުން ބޭއްވުނު ބައި އިލެކްޝަންތަކުން ސަރުކާރު ހިންގާ ކޯލިޝަނުން ޖުމްލަ 18 ގޮނޑިއެއް ވަނީ ކާމިޔާބު ކޮށްފައެވެ.

ކޮންގްރެސް ޕާޓީން ވަނީ މާލެ ސިޓީގެ 2 ދާއިރާއެއްގެ ބައި އިލެކްޝަނާއި،ކާފު އަތޮޅުގެ ރައީސް ކަމާއި އަދި އެނޫންވެސް ދާއިރާތަކެއްގެ ގޮނޑިތައް ކާމިޔާބު ކޮށްފައެވެ.

ކޮންގްރެސް ޕާޓީން ކާމިޔާބު ކުރި ބައި އިލެކްޝަން ގޮނޑިތަކުގެ ތެރޭގައި:

- ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު

- ނ. މާފަރު ކައުންސިލް މެންބަރު

- ތ. ގުރައިދޫ ކައުންސިލް ރައީސް

- ނ. މާފަރު އ.ތ.މ ކޮމެޓީ

- މާލެސިޓީ މާފަންނު ދެކުނު ދާއިރާ ކައުންސިލް މެންބަރު

- މާލެސިޓީ ހެންވޭރު ދެކުނު ދާއިރާ އަންހެނުންނަށް ޚާއްޞަ ގޮނޑި

- ވ.ރަކީދޫ ކައުންސިލް މެންބަރު

- ހދ. މަކުނުދޫ އ.ތ.މ ކޮމެޓީ

- ހދ. ނޭކުރަންދޫ އ.ތ.މ ކޮމެޓީ

- ށ. ކަނޑިތީމު އ.ތ.މ ކޮމެޓީ

- ނ. މަނަދޫ އ.ތ.މ ކޮމެޓީ

- ނ. މަނަދޫ އ.ތ.މ ކޮމެޓީ

- ނ. މާޅެންދޫ އ.ތ.މ ކޮމެޓީ

- ރ. މަޑުއްވަރި އ.ތ.މ ކޮމެޓީ

- ބ. ފުޅަދޫ އ.ތ.މ ކޮމެޓީ

- ބ. ދަރަވަންދޫ އ.ތ.މ ކޮމެޓީ

- ކ. ގާފަރު އ.ތ.މ ކޮމެޓީ

- އދ. މަންދޫ އ.ތ.މ ކޮމެޓީ ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޖުމްލަ 23 ބައި އިލެކްޝަނުން 18 ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބު

ބައި އިލެކްޝަންގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިގެން ދިޔަ މާލެސިޓީގެ މޭޔަރު ގޮނޑި ކޮންގްރެސް ޕާޓީއަށް ވަނީ ގެއްލިފައެވެ. އެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި ކެންޑިޑޭޓް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއެވެ. އެހެންނަމވެސް މާލެސިޓީ ކައުންސިލްގެ މެޖޯރިޓީ އަދިވެސް އޮތީ ސަރުކާރު ހިންގާ ޕާޓީއަތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.