ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ޑައިރެކްޓަރުންގެ ބޯޑަށް އަލަށް އައްޔަނުކުރެވުނު ބޭފުޅުން-- ފޮޓޯ: ޕީސީބީ
ހަބަރު
16 Jan 2024 | 09:00
ސަރުކާރު ހިއްސާވާ ކުންފުނި ތަކެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފި

ސަރުކާރު ހިއްސާވާ ކުންފުނި ތަކެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން ނެރުނު ބަޔާނެއްގައި މި ބަދަލު ތަކަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރޭޓް ކުރުމާއި މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން ގެނައި ބަދަލު ތަކެއް ކަމަށެވެ.

އެ ބޯޑުން ވަނީ ސަރުކާރު ހިއްސާވާ 8 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން އެ ބޯޑުން ބަދަލު ގެނައި ކުންފުނި ތަކަކީ:

1. މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

2. އައިލެންޑް އޭވިއޭޝަން ސާވިސަސް

3. އާސަންދަ ކޮމްޕެނީ ލިމިޓެޑް

4. ފަހި ދިރިއުޅުން ކޯޕަރޭޝަން

5. މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން

6. ޕަބްލިކް ސާވިސް މީޑިއާ

7. ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް

8. މޯލްޑިވްސް އިސްލާމިކް ބޭންކް

މީގެ ތެރެއިން  މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ގެނައި ބަދަލު ތަކުގެ ތެރޭގައި ޑައިރެކްޓަރުންގެ މަގާމުގައި ކުރިން ތިއްބެވި މުޙައްމަދު ޝަރީފާއި އިބްރާހިމް ރަޝީދު ބޯޑުން ވަކިކޮށް އާމިނަތު ހަމީދު ވަނީ ޑައިރެކްޓަރުންގެ ބޯޑަށް އައްޔަނު ކޮށްފައެވެ.

 އައިލެންޑް އޭވިއޭޝަން ސާވިސަސް އަށް ގެނައި ބަދަލު ތަކަށް ބަލާއިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި މުޙައްމަދު މިހާދު ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނިޔާޒު މުޙައްމަދު ވަކިކޮށް އެމަގާމަށް ޝަހީދު މުޙައްމަދު ވަނީ އައްޔަނު ކޮށްފައެވެ. 

އެ ބޯޑުން ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ޗެއާ ޕާސަންގެ މަގާމަށް ނަޝްވާ އަބްދުالله އައްޔަނުކޮށްފައެވެ.

މި ގެނައި ބަދަލުތަކުގެ ތެރެއިން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަންގެ ޑައިރެކްޓަރުންގެ ބޯޑަށް އާމިނަތު ޝީޒާ ވަނީ އައްޔަނުކޮށްފައެވެ.

ސަރުކާރުގެ މީޑިއާ ކަމުގައިވާ ޕަބްލިކް ސާވިސް މީޑިއާ ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެއްގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު އެ މަގާމުން ވަކިކޮށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ގެ މަގާމަށް އަބްދުالله ޔާމީން ވަނީ އައްޔަނުކޮށްފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން ވަނީ ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ގެ ޑައިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް އަބްދުލްމުންޢިމް މުޙައްމަދުމަނިކު އައްޔަނުކޮށް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޑައިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް މުޙައްމަދު ނަސީމް އިބްރާހިމް އައްޔަނުކޮށްފައެވެ.

މިއީ މި މަހުގެ 4 އާއި 8 ގައި ގެނެވުނު ބަދަލު ތަކެއް ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.