މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް-- ފޮޓޯ: ވޮއިސް
ހަބަރު
16 Jan 2024 | 13:10
އާޒިމް މޭޔަރު ކަމަށް ހުވާކުރުން ކުރިއަށްއޮތް 3 ދުވަސްތެރޭ ބާއްވަން މަސައްކަތް ކުރަނީ

އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބު ވެވަޑައިގެން އާދަމް އާޒިމް މޭޔަރު ކަމަށް ހުވާކުރުން ކުރިއަށްއޮތް 3 ދުވަސްތެރޭ ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް  ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ މިއަދު ވިދާޅުވީ، އިންތިހާބީ މޭޔަރުގެ މަގާމުގެ ހުވާ ކުރުން ކުރިއަށް އޮތް ތިން ދުވަސް ތެރޭ ބޭއްވޭނެ ކަމަށެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަނުގެ ދާއިމީ ނަތީޖާ އިއްޔެ ލިބުމާ އެކު، ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް ވެސް ޒުލްފާ ވިދާޅުވިއެވެ.

އާޒިމް މޭޔަރު ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސް ޑރ.މުއިއްޒު ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީގައި ކަމަށް ވެސް ޒުލްފާ ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރު ކަމުގެ ގޮނޑި ބޮޑު ތަފާތަކުން އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރައްވާފައިވަނީ 7621 ވޯޓާއި އެކުއެވެ.

އާޒިމް ގެ އިތުރުންވެސް މި އިންތިހާބުގައި ޕީއެންސީގެ ފަރާތުން އައިޝަތު އާޒިމާ ޝަކޫރު، ދަ ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހް އަދި އަމިއްލަ ގޮތުން ހުސެއިން ވަހީދާއި، ޝުއައިބު އަލީ ވަނީ ކުރިމަތިލައްވާފައެވެ.

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ވެވަޑައިގަތުމުންނެވެ. އަދި ސިޓީ ކައުންސިލްގެ ތިން ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.

ކޮމެންޓް
ޒާހިރު
ނާޒިމް އިންތިޚާބު ކުރީ މާލެ ސިޓީގެ މޭޔަރަކަށް.ކެބިނެޓްގެ މަގާމަކަށްނޫން.އަދި މިހާރު އެމް.ޓީ.ސީ.ސީ އާއިބެހޭ ބޭކަލެއްވެސްނޫން.ނުބެހޭކަންކަމާއި ނުބެހި އިންތިޚާބުކުރިދާއިރާ ކުރިއަރުވަން މަސައްކަތްކުރުން ބުއްދިވެރި.
16 Jan 2024
ޒާހިރު
ނުބެހޭކަންތަކާއިނުބެހި ހުރުންބުއްދިވެރި.
16 Jan 2024
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.