އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިން ތަކެއް-- ފޮޓޯ: އަވަސް
ހަބަރު
16 Jan 2024 | 13:40
އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދެއް ނުވޭ: މަޓާޓޯ

އިންޑިއާ އިން ސޯޝަލް މީޑިއާގައި ކުރިއަށް ދިޔަ ބޮއިކޮޓް މޯލްޑިވްސް ގެ ހަރަކާތުގެ ސަބަބުން އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދު ނުވާ ކަމަށް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.

މަޓާޓޯ އިން މިފަދައިން ބުނީ އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން ބުކިން ކެންސަލްކުރި މިންވަރު ބެލުމަށްޓަކައި ކުރި ސާވޭގެ ނަތީޖާ ހިއްސާކުރަމުންނެވެ.

މިގޮތުން މަޓާޓޯ އިން ބުނީ 2020 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އިންޑިއާ އިން ފަތުރުވެރިން ޒިޔާރަތް ކުރުން އިތުރުވި ކަމަށާއި 2022 ވަނަ އަހަރާއި 203 ވަނަ އަހަރު ނިމުނު އިރު އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމު ތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށެވެ.

މަޓާޓޯ ގެ ސާވޭ އިން ދައްކާގޮތުގައި ރާއްޖެއަށް އިންޑިއާއިން 2020 ވަނަ އަހަރު 62،690 ފަތުރުވެރިން ޒިޔާރަތްކުރިއިރު 2021 ވަނަ އަހަރު 292،000 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. 2022 ވަނަ އަހަރު އިންޑިއާއިން 241،000 ފަތުރުވެރިން އަދި 2023 ވަނަ އަހަރު 209،100 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

މީގެ އިތުރުންވެސް މަޓާޓޯ އިން ބުނީ ބުކިން ތައް ކެންސަލް ކޮށްފައިވީ ނަމަވެސް މިއީ އިންޑިއާ ފަތުރުވެރިންގެ ޕީކް ސީޒަން ނޫންކަމަށާއި ފާއިތުވި އަހަރުތަކުގައި ވެސް މިދުވަސްވަރު އިންޑިއާ ފަތުރުވެރިންގެ އަދަދު ދަށްވާކަމަށެވެ.

އިންޑިއާއިން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމުގެ ކެންޕޭނެއް ފެށުނީ  ދާދި ފަހުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީޕަށް ވަޑައިގެން އެ ތަނުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރި ވީޑިއޯ އަކަށް ރާއްޖޭގެ ތިން ޑެޕިއުޓި މިނިސްޓަރަަކު ފާޑު ކިޔުމާއި ގުޅިގެނެވެ. 

މި މައްސަލައާއި ގުޅިގެން ދެ ގައުމުގެ އެކްޓިވިސްޓުންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާ ތަކެއް ބަދަލު ކޮށްފައިވާރު އެގައުމުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ވެސް ގޮވާލާފައެވެ. އަދި އިންޑިއާގެ ބަޔަކު ވަނީ ދިވެހި ރާއްޖޭގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް ސަރުކާރަށް އިންޒާރު ވެސް ދީފައެވެ.

ސަރުކާރުން ވަނީ މި މައްސަލައިގައި ޝާމިލްވާ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ސަސްޕެންޑްކޮށްފަ އެވެ. އަދި ސަރުކާރުން ވަނީ މިކަމާއި ގުޅޭގޮތުން ބަޔާނެއް ނެރެ މިކަން ހަރުކަށި އިބާރާތުން ކުށްވެރި ވެސް ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.