ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޓްރޭޑް ރެޕްރެޒެންޓޭޓިވްއާއެކު ވަޒީރު މުހައްމަދު ސައީދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
16 Jan 2024 | 15:06
ރާއްޖޭގެ ޓްރޭޑް ވަފްދެއް އެމެރިކާއަށް ވަޑައިގަތުމަށް ދައުވަތު ލިބިއްޖެ

ފުރަތަމަ ފަހަރަށް ރާއްޖޭގެ ޓްރޭޑް ވަފްދެއް އެމެރިކާއަށް ވަޑައިގަތުމަށް ސަރުކާރަށް ދައުވަތު ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ ވިދާޅުވީ މިދައުވަތު ލިބިފައިވަނީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޓްރޭޑް ރެޕްރެޒެންޓޭޓިވްއާއެކު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި މުހިއްމު މަޝްވަރާތަކެއް ކުރެއްވިކަމަށާއ ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ވައުދެއްކަމަށްވާ އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖެއަށް ތައާރަފްކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޕޭޕަލް އެމެރިކާގެ ޕޭޕަލް ރާއްޖެއަށް ގެނައުމަށް މި ބައްދަލުވުމުގައި މަޝްވަރާކޮށް ޕޭޕަލް ގެނައުމާއި ގުޅޭގޮތުން އެމެރިކާ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ރާއްޖޭގެ ޓްރޭޑް ވަފްދެއް އެމެރިކާއަށް ވަޑައިގަތުމުގެ ވަނީ ލިބިފައި ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.

"އަދި މިހާތަނަށް ދިވެހިރާއްޖޭގައި ޓްރޭޑް ވަފުދަކަށް އެމެރިކާއަށް ދިއުމުގެ ފުރުސަތެއް ހަމަ ގައިމުވެސް މިހާތަނަށް ދީފައެއް ނެތް. ނަމަވެސް މިހާރު ޑރ. މުއިއްޒުގެ ސަރުކާރަށް ވަނީ އެ ފުރުސަތު ލިބިފައި"

ވަޒީރު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން މި އަހަރުގެ ތެރޭގައި މި ވަފުދު އެމެރިކާއަށް ދާނެ ކަމަށް ބުނި ނަމަވެސް ދާނެ ވަކި ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.

ޕޭޕަލްފަދަ އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖެއަށް ތައާރަފްކުރުމަކީ ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވައުދަކަށް ވާއިރު މި ވައުދު ފުއްދުމުގެ މަސައްކަތުގެ ތެރެއިން މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި އޮންލައިން ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.