ކޮންޓްރެކްޓް އައު ނުކޮށްގެން ދިއްދޫގައި ކުރި އިހްތިޖާޖު ގެ ތެރެއިން--
ހަބަރު
16 Jan 2024 | 17:06
ކޮންޓްރެކްޓް އާ ނުކޮށްގެން ދިއްދޫގައި ކުރި މުޒާހަރާ ފަތިސް ނަމާދާވެސް ގުޅުވާލާފައި!

ހއ. ދިއްދޫގައި، ކުރީ ސަރުކާރުން، ފެނަކައަށް ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ މުވައްޒަފުން ތަކެއްގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން ކޮންޓްރެކްޓް އައު ނުކުރުމުން އެކަމާއި ނުރުހުން ފާޅުކޮށް ކުރި އިހްތިޖާޖު ފަރުޟު ފަތިސް ނަމާދާއިވެސް ގުޅުވާލައިފިއެވެ. 

މިއަދު ހެނދުނުން ފެށިގެން ގިނަ އިރު ތަކެއް ވަންދެން އެ މުވައްޒަފުން ކުރި އިހްތިޖާޖުގައި، އެމީހުން ތިބީ ޝުޢޫރު ފާޅުކޮށް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. 

އެގޮތުން ހިފައިގެން ތިބި އެންމެ ބޮޑުގައި ލިޔެފައިވަނީ، "ފަތިސް ނަމާދުން ފައިބާފައި ތިޔަ ކަނޑާލީ، 10 ކިލޯ ކާޑު ދިނަސް މިކަމެއް ނުވާނެ" ކަމަށެވެ. 

މީގެ އިތުރުން ވެސް އެހެން ބޯޑެއްގައިވެސް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާއި ނަމާދާއި ގުޅުވައި ލިޔުން ލިޔެފައިވެއެވެ. 

މުއްދަތު ހަމަވުމުން ކޮންޓްރެކްޓް އައު ނުކުރުމުން އިހްތިޖާޖު ކުރި އެ މުވައްޒަފުން ނަމާދާއި ގުޅުވައި މިފަދައިން އިހްތިޖާޖު ކޮށްފައި މިވަނީ، ރައީސުލްޖުމުހޫރިއްޔާ ޑރ މުޢިއްޒު، ފަރުޟު ފަތިސް ނަމާދު ޖަމާޢަތުގައި ކުރައްވާތީ އާއި، އެމާނިކުފާނު ނަމާދަށް ފަރުވާތެރިވާތީ ގިނަ ބައެއްގެ ލޯބި ލިބިފައިވާތީ ކަމަށް ބެލެވެއެވެ. 

ފެނަކަ މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މުވައްޒަފުން ވަކިކުރީ ކޮންޓްރެކްޓު ހަމަވުމުން ކަމަށާއި އެ މުވައްޒަފުންނަކީ ފެނަކަ ކޯޕަރޭޝަންގެ ދިއްދޫ އާ އިންޖީނުގެ އެޅުމަށް ނަގާފައި ތިބި މުވައްޒަފުންތަކެއް ކަމަށެވެ.

މުއާޒް ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތަށް 70 މުވައްޒަފުން ނަގާފައިވާއިރު، 23,000,000 އަށްވުރެ ގިނަ ރުފިޔާ އަރާކަމަށެވެ. 

އަދި އެ ޕްރޮޖެކްޓް ގެ މަސައްކަތް މިވަގުތު ހުއްޓިފައިވާ ކަމަށާ، މަސައްކަތް ކުރިއަށް ނުދިޔަ އިރުވެސް އެ މުވައްޒަފުންނަށް މުސާރަ ދެވިފައިވާ ކަން މުއާޒު ފާހަގަކުރެއްވި އެވެ. ނަމަވެސް ޕްރޮޖެކްޓް ނުހިނގާ އިރު، ކޮންޓްރެކްޓް އައުކޮށްގެން މުވައްޒަފުން ބެއިތިއްބުމަށް ކުންފުނީގެ ހާލަތު ތަން ނުދޭ ކަމަށްވެސް ވިދާޅުވި އެވެ. 

މީގެ އިތުރުން ވޮއިސް އަށް މައުލޫމާތު ދެއްވަމުން މުއާޒު ވަނީ ގޮތުގައި ކޮންޓްރެކްޓު ހަމަވެގެން ފެނަކައިން 904 މުވައްޒަފުން ދޫކޮށްލަން ޖެހުނުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ވެސް 5.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނުކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ފެނަކަ ކުންފުނީގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާއިރު، މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އެކަނިވެސް 79 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ. 

މުއާޒު ކުންފުންޏާއި ހަވާލުވުމަށްފަހު، ވަނީ ކޮންޓްރެކްޓް ހަމަވެފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމުގެ އުސޫލަށް ބަދަލުގެނެސްފަ އެވެ. އެގޮތުން މަސައްކަތެއް ނެތް ކޮންޓްރެކްޓު މުވައްޒަފުންގެ މުސާރަ އާކޮށްނުދިނުމަށް މުއާޒު ވަނީ ނިންމަވާފަ އެވެ. 

އޭގެ އިތުރުން ވެސް ކުންފުނީގެ ހިންގުން ހަރަދަނާކޮށް، ކުންފުނި އަރަނިވެރި ކުރުމަށް ކުރެވެން އޮތް މަސައްކަތްތައް ކުރައްވާނެކަމަށް މުއާޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ކައިދާ
ދިއްދޫ މީހުނަކީ ޖާހިލު ބައެއް އެހެން ނޫންނަމަ މީހަކު ކުރާ އަޅުކަމަކާ ނުބެހޭނެ.
17 Jan 2024
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.