ޙައްޖުގެ މަތިވެރި އަޅުކަމަށް ބަޔަކު ފުރަނީ-- ފޮޓޯ: ސަން
ހަބަރު
17 Jan 2024 | 07:33
ދެކުންފުންޏަކުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި ފައިސާ ނަގަނީ

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން އިސްލާމިކް މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ނެތި ޢުމްރާއަށް  މީހުން ގެންދިޔުމަށް ފައިސާ ނަގަމުން އަންނަ ދެ ކުންފުންޏަކާއި މެދު ސަމާލުވުމަށް އެ މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެެއްގައި ބުނީ ދިވެހި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާއި އެއްގޮތަށް ކުންފުނިތަކުން އަމަލުކުރޭތޯ ބެލުމަކީ އެ މިނިސްޓްރީގެ ޒިންމާއެއް ކަމަށާއި މި އުސޫލު ތަކާއި ޚިލާފަށް ބައެއް ކުންފުނި ތަކުން މީހުން އުމްރާއަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ގޮތުން އުސޫލުތަކާއި ޚިލާފަށް މީހުން އުމްރާ އަށް ގެންދާކަމަށް މިނިސްޓްރީ އަށް ފާހަގަކުރެވިފައިވާ ދެކުންފުންޏަކީ އަލް މަޝްޢަރު ޙައްޖު ޢުމްރާ އާއި ވަޑި ޙައްޖު އެންޑް ޢުމްރާ ކަމަށް އެމިނިސްޓްރީގެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

މީހުން ޢުމްރާއަށް ދިއުމަށް މިނިސްޓްރީން ހުއްދަ ދޭނީ ޖެހި ޖެހިގެން ދެ އަހަރުގެ މުއްދަތަކަށެވެ. މި ހުއްދަ ނެތި ނުވަތަ އުމްރާ އަށް މީހުން ގެންދިއުމަށް މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރެއަށް ނުވަންނަ ދަތުރުތަކަށް އެޑްވާންސް ކޮށް  ފައިސާ ނެގުމަކީ ވެސް މަނާ ކަމެކެވެ.

އެހެންކަމުން ހުއްދަ ނެތި އުމްރާ އަށް މީހުން ނުގެންދިޔުމަށް މިނިސްޓްރީން ވަނީ ކުންފުނި ތަކަށް އިލްތިމާސް ކޮށްފައެވެ. އަދި މިފަދަ ކުންފުނި ތަކަށް ފައިސާ ދެއްކުމަކީ އުސޫލާއި ޚިލާފު ކަމެއް ކަމަށާއި، މި އުސޫލާއި ޚިލާފަށް އަމަލުކޮށްގެން ލިބޭ ގެއްލުމަކަށް ޒިންމާ ވާން ޖެހޭނީ އެ ފަރުދަކު ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި ހައްޖާއި އުމުރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ މީހުންގެ ލިސްޓް ޝާއިުކުރެވިފައިވާނެ ކަމަށާއި އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.