ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް މަގުމަތިން ނަގަން އެމްޓީސީސީއާ ހަވާލުކުރުން-- ފޮޓޯ/ވޮއިސް
ހަބަރު
17 Jan 2024 | 12:49
ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް މަގުމަތިން ނަގަން އެމްޓީސީސީއާ ހަވާލުކޮށްފި!

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް އެ ތަނުން ނަގައި އެ ދިމާ ފަޅު ހިއްކައިގެން ހަދާ ޕްލެޓްފޯމަކަށް ބަދަލުކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. 

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުالله ޒިޔާދެވެ.

ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް މަގުމަތިން ނަގަން އެމްޓީސީސީއާ ހަވާލުކުރުމުގެ ރަސްމިޔާތުގައި އެމްޑީ ފަހުމީ ވާހަކަ ދައްކަވަނީ-- ފޮޓޯ/ވޮއިސް

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވީ ޕަންޕް ސްޓޭޝަން ނެގުމުގެ މަސައްކަތް ކުރަނީ ސްޓެލްކޯގެ ބަޖެޓުން ގާތްގަނޑަކަށް 7.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކަމަށެވެ. އަދި ޕަންޕު ސްޓޭޝަން ނެގުމަށް ރާވާފައިވަނީ ގާތްގަނޑަކަށް 60 ދުވަސް ތެރޭގައި ކަމަށެވެ. 

މި މަސައްކަތް މިކުރަނީ ގާތްގަނޑަކަށް 7.1 މިލިއަން ރުފިޔާ އަޅުގަނޑުމެންގެ ބަޖެޓުން ޚަރަދު ކޮށްގެން. ޕަންޕު ސްޓޭޝަން ނެގުމަށް ރާވާއި މިވަނީ ގާތްގަނޑަކަށް 60 ދުވަސް ތެރޭގައި. އެހެން ނަމަވެސް ޗެލެންޖަސް ތަކެއް އެބަހުރި. އީއައޭ އެޕްރޫވް ވެ. އީއައިއޭ އެޕްރޫވް ވާތާ 60  ދުވަސް ތެރޭގައި އަޅުގަނޑުމެންނަަށް މަސައްކަތް ނިންމާލެވޭނީ. 

ހުސައިން ފަހުމީ 

ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް މަގުމަތިން ނަގަން އެމްޓީސީސީއާ ހަވާލުކުރުމުގެ ރަސްމިޔާތުގައި އެމްޓީސީސީ ސީއީއޯ ވާހަކަ ދައްކަވަނީ-- ފޮޓޯ/ވޮއިސް

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ މަސައްކަތް ފެށުމަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރި ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތާ ގުޅޭ ސާވޭ ހަދަން ޖެހޭ ކަމަށާ، އެއަށް ފަހު ޝީޓްޕައިލްކޮށް ޕްލެޓްފޯމެއް ހަދާނެ ކަމަށާއި އެއަށް ފަހު ސްޓްރަކްޗާ ހަދައި މެޝިނަރީތައް ބަދަލު ކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

އަދި އޭގެ އެކަން ނިމުމުން މިހާރު ހުރި ޕަންޕް ސްޓޭޝަން ނަގައި، އެ ތަނުގެ ޕޭވްމަންޓް ހަދައި، މަގު ރަނގަޅަށް ހުޅުވާލާނެ ކަމަށާ، އެއާއެކު ރައްޔިތުންނަށް މަގު ބޭނުން ކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ވާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ކޮމެންޓް
ޖާނޭ
ތިހެން ވެގެންނޭ އާދަމް އާޒިމް އެވިދާޅުވަނީ ބޮޑެތި ކަންތަށްތަށް ކުރުމުގެ ފެސިލިޓީ މިހާރު އެމްޓީސީސީގައިހުންނާނެކަމަށް ހަމަމުއީޒު ސަރުކާރުން ސުޓެ
17 Jan 2024
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް