ހިތަދޫއިން ފެނުނު ހިރިގަލުގެ ފޮށި-- ފޮޓޯ/މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ
ހަބަރު
17 Jan 2024 | 14:20
ލ. ހިތަދޫން އާސާރީ ހިރިގަލު ފޮށްޓެއް ފެނިއްޖެ

ހައްދުންމަތީ ހިތަދޫ ގެއަކުން އާސާރީ ހިރިގަލު ފޮށްޓެއް ފެނިއްޖެއެވެ. 

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއިން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ފޮށި ފެނިފައި ވަނީ އިއްޔެ، އެރަށު ގެއެއްގެ ގޯތިތެރެ ކޮންނަނިކޮށް ކަމަށެވެ. 

އަދި މި ފޮށި މިހާރު ހުރީ ހިތަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށެވެ. 

މި ފޮށްޓާބެހޭ އިތުރު މައުލޫމާތު “ވޮއިސް“ އާ ހިއްސާކުރައްވަމުން ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަމްއޫން ވިދާޅުވީ، އަކަ އެއްގެ ބައްޓަމަށް ހުރި އެ ފޮށީގެ ދިގު މިނުގައި ގާތްގަނޑަކަށް 34.5 ސެންޓިމީޓަރު އަދި އުސްމިނުގައި 19.5 ސެންޓިމީޓަރު ހުރި ކަމަށެވެ. 

އަދި އެ ފޮށީގެ މަތިގަނޑުން ތަންކޮޅެއް ނެއްޓި ފޮށްޓަށްވެސް ބައެއް ގެއްލުން ވެފައިވާ ކަމަށާ، އެފަދައިން ކަންވެފައިވަނީ ކޮނުމުގެ ތެރޭގައި އެއީ ގައު ގަނޑެއް ކަމަށް ދެކި، މާބޮޑު ސަމާލުކަމެއް ނުދީ ކޮނެ ވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޝަމްއޫން ވިދާޅުވީ، ކައުންސިލުން ގަސްތުކުރަނީ، އެ ފޮށި އެރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ދެއްކުމަށާ، އެފަދަ ބޭނުން ތަކަށް ރަށުގައި ބެހެއްޓުމަށް ގަސްތުކުރައްވާ ކަމަށެވެ. 

މީގެކުރިން ތ.އަތޮޅުން މި ޒާތުގެ ފޮށްޓަކާއި ދ.އަތޮޅު ހުޅުދެލިން ވެސް މީގެ ފޮށްޓެއް ފެނުނެވެ.

ކޮމެންޓް
ބޭޑޭ
އެވާނީ ހާމާނުގެ ރަންފޮށިއަށް
17 Jan 2024
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.