ދިއްދޫ ދާއިރާގެ މެމްބަރު އަބްދުالله ވަހީދު-- ފޮޓޯ: މަޖިލިސް
ހަބަރު
17 Jan 2024 | 14:24
ދިއްދޫ ފެނަކައިގައި ތިބި ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އައު ނުކުރި މައްސަލަ މަޖިލީހަށް ހުށައަޅައިފި

ހއ.ދިއްދޫ ފެނަކައިގައި ތިބި ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް ފެނަކައިން އައު ނުކުރި މައްސަލަ މަޖިލީހަށް ހުށައަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށައެޅި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުالله ވަހީދެވެ. އަބްދުالله ވަހީދު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ބުނުއްވީ ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުން ދިއްދޫގައި އިމާރާތް ކުރަން ފަށާފައިވާ  އާ އިންޖީނުގެ އާއި އައިސް ޕްލާންޓްގެ މަސައްކަތަށް ފެނަކަ އިން ވަޒީފާ ދީފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން އެއްވެސް ނޯޓިސްއެއް ދިނުމަކާ ނުލައި ކުއްލި ގޮތަކަށް އެ މުވައްޒަފުންގެ ވަޒީފާތަކުން ވަކި ކުރި ކަން މުވައްޒަފުންގެ ފަރާތުން އޭނާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން ކޮންޓްރެކްޓް އައު ނުކުރި މުއައްޒަފުންނާއި އެ މުއައްޒަފުންގެ އާއިލާތަކަށް ނުހަނު ބޮޑު ނުތަނަވަސްކަމެއް ލިބި އެކަމުގެ ޝަކުވާ އާއި ނުތަނަވަސްކަން އެބައޮތް ކަމަށް އެބޭފުޅާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވެއެވެ.

މީގެ އިތުރުންވެސް އެ ސިޓީގައި  މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށާއި، ދިއްދޫ އާ އިންޖީނުގެއާއި، އައިސްޕްލާންޓްގެ މަސައްކަތް އަވަހަށް ނިންމަން ބާރު އެޅުމަށާއި، އެ މަސައްކަތް ނިމެންދެން މުވައްޒަފުން ވަޒީފާގައި ބޭތިއްބެވުމަށް ފެނަކައަށް ދެންނެވުމަށްޓަކައި މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ފޮނުވައިދިނުމަށްވެސް ވަނީ އެދިލައްވާފައެވެ.

ފެނަކަ އިން ދިއްދޫ ގައި ތިބި ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް ފެނަކައިން އައު ނުކުރި މައްސަލަ ގައި އެ މުއައްޒަފުން ވަނީ އިއްޔެ އިހުތިޖާޖް ވެސް ކޮށްފައެވެ.

މި މައްސަލަ އާއި ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،  އެ މުވައްޒަފުން ވަކިކުރީ ކޮންޓްރެކްޓު ހަމަވުމުން ކަމަށާއި އެ މުވައްޒަފުންނަކީ ފެނަކަ ކޯޕަރޭޝަންގެ ދިއްދޫ އާ އިންޖީނުގެ އެޅުމަށް ނަގާފައި ތިބި މުވައްޒަފުންތަކެއް ކަމަށެވެ. ދިއްދޫގައި ހިނގަމުންދާ ޕްރޮޖެކްޓް ގެ މަސައްކަތް މިވަގުތު ހުއްޓިފައިވާ ކަމަށާއި، މަސައްކަތް ހުއްޓިފައި އޮއްވާވެސް އެ މުވައްޒަފުންނަށް މުސާރަ ދެވިފައިވާކަމަށް މުއާޒް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މުއާޒް ވިދާޅުވީ ޕްރޮޖެކްޓް ނުހިނގާ އިރު، ކޮންޓްރެކްޓް އައުކޮށްގެން މުވައްޒަފުން ބޭތިއްބުމަށް ކުންފުނީގެ ހާލަތު ތަން ނުދޭ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތަށް 70 މުވައްޒަފުން ނަގާފައިވާއިރު، 23,000,000 އަށްވުރެ ގިނަ ރުފިޔާ އަރާކަމަށެވެ.

ފެނަކައިގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، އެކުންފުނިން މީގެ ކުރިން ހާމަކޮށްފައިވާގޮތުގައި މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އެކަނިވެސް 79 މިލިއަން ރުފިޔާ ހޭދަކުރަން ޖެހެއެވެ.

މުއާޒް ފެނަކައިގެ އެމްޑީގެ މަގާމާއި ހަވާލުވެވަޑައިގެން ވަނީ  ކޮންޓްރެކްޓް ހަމަވެފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމުގެ އުސޫލަށް ބަދަލުގެނެސް، މަސައްކަތެއް ނެތް ކޮންޓްރެކްޓު މުވައްޒަފުންގެ މުސާރަ އާކޮށްނުދިނުމަށް ނިންމަވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.