ހަބަރު
17 Jan 2024 | 16:02
ސިހުރު ހެދުމަކީ ބޮޑު ފާފައެއް؛ އެފަދަ މީހުން ކައިރިއަށްގޮސް އެކަމަށް ހިތްވަރު ނުދީ: ފިގުހު އެކަޑަމީ

މިފަހަކަށްއައިސް ރުޤްޔާގެ ނަމުގައި ސިހުރު ހަދަމުންދާކަމަށާއި، މިފަދަކަންކަން ކޮށްހެދުމަކީ ޙަރާމްކަމެއްކަމަށް ދިވެހިރާއްޖޭގެ ފިޤްޙް އެކެޑެމީ އިން ބުނެފިއެވެ.

ފިޤްޙް އެކަޑެމީ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ސިހުރު ހެދުމަކީ އިސްލާމްދީނުގެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ.

އަދި މި ފަހަކަށް އައިސް ދިވެހިރާއްޖޭގެ ބައެއް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތްކުރަމުން އަންނަ ކަން ފާހަގަކޮށް އެ އިއުލާނުގައިވަނީ އެފަދަ މީހުންގެ ގާތަށް ގޮސް ސިހުރުގެ އެހީ ލިބިގަތުމަކީ ހަރާމް ކަމެއް ކަމަށެވެ.

އަދި އެފަދަ މީހުންގެ ގާތަށް ނުދިއުމަށްވެސް ފިގްހު އެކަޑަމީއިން އިލްތިމާސްކުރެ އެވެ.

""ސިހުރު ހެދުމަކީ އިސްލާމްދީނުގެ ސާފު ތެދުމަގުން ރައްޔިތުން އެއްކިބާވެ، ހިދާޔަތުގެ ތެދު މަގުން ނެއްޓި މަގުފުރެދިދާނެ ކަމަކަށްވާތީ އެފަދަ ތަކެތި ރައްޔިތުންނަށް ފެންނާނެހެން ހަބަރުފަތުރާ ވަސީލަތްތަކުން ނުފެތުރުމަށް އިލްތިމާސް ކުރަން" ފިގްހު އެކަޑަމީއިން ކުރި އިއުލާނުގައި ބުނެ އެވެ.

ރާއްޖޭގައިވެސް މިފަހަކަށް އައިސް ރުގުޔާގެ ނަމުގައިވެސް މީހުން ސިހުރު ހަދަމުން އަންނަ މައްސަލަ ތަކާއި، އެނޫންވެސް ނަންނަމުގައި ސިހުރު ހަދައި ބޮޑެތި ޢަދަދުތަކުން ފައިސާ ނަގަމުން އަންނަ މައްސަލަތައް ދޭތެރެއިން ފެންމަތިވެއެވެ. 

އަދި އެފަދަ މީހުންގެ ފަރާތުން ޖިންސީ ފުރައްސާރަކުރާ ކަމުގެ ވާހަކަތައް ވެސް ދެކެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.