ހަބަރު
17 Jan 2024 | 16:40
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ވަގުތީ ގޮތުން ވެސް މިހާރު ފޮސްޓަރ ކުރެވޭނެ!

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، ވަގުތީ ގޮތުން ފޮސްޓަރކުރުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން މިހާރު ހުޅުވާލައިފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. 

ތަފާތު އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނެވެނީ ވަގުތީ ގޮތުން ނެވެ. އެހެންނަމަވެސް، އެކި ސަބަބުތަކާއި ހުރެ އެކުދިންގެ އުފަން އާއިލާތަކަށް އަނބުރާ ނުފޮނުވި، މަރުކަޒު ކުރެވުނު ނަމަވެސް، އެ ކުދިންނަށް އާއިލީ ލޯތްބާއި އަޅާލުން ހޯދައިދިނުމުގެ ގޮތުން އެ ކުއްޖާގެ އުފަން އާއިލާ ނޫން އެހެން ފަރާތްތަކާއި ހަވާލުކުރުމުގެ ނިޒާމު ނުވަތަ ފޮސްޓަރކުރުމުގެ ނިޒާމު ޢާއިލާއާ ބެހޭ ވުޒާރާއިން ވަނީ ޤާއިމްކޮށްފަ އެވެ.

މިގޮތުން، މިހާރުވެސް ފޯސްޓަރ ނިޒާމުގެ ތެރެއިން ދާއިމީ ފޯސްޓަރރިންގެ ތެރެއިން ކުއްޖާގެ އުމުރުން 18 އަހަރު ހަމަވުމާއި ހަމައަށް ޤާނޫނީ ބެލެނިވެރިކަން ހަވާލުކުރެވެ އެވެ. އަދި ވަގުތީ ގޮތުން ފޮސްޓަރކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނޭކަން އެ ވުޒާރާއިން ވަނީ ބުނެފަ އެވެ. 

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި 18 އަހަރުން ދަށުގެ 169 ކުދިން މަރުކަޒު ކުރެވިފައި އެބަތިއްބެވެ. މި ކުދިން އަނބުރާ އާއިލާއަށް ފޮނުވުމަށް ނުވަތަ އާއިލީ ދިރިއުޅުމެއް އެކުދިންނަށް ހޯދައިދިނުމަށް މިނިސްޓްރީން ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ވަގުތީ ގޮތުން ފޮސްޓަރކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ވެސް އެ ބޭނުމަށްޓަކައި ކަމަށް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ. 

މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި ވަގުތީ ގޮތުން ފޮސްޓަރކުރުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ވަގުތީ ގޮތުން ބަލަހައްޓާނެ ފަރާތަކާއި ހަވާލުކުރުމެވެ. މިގޮތަށް ހަވާލުކުރެވޭ އެންމެ ކުރު މުއްދަތަކީ 2 އަހަރުކަމަށް ވުޒާރާއިން އެކުލަވާލާ ގަވާއިދުގައި ކަނޑައަޅާފައި ވެއެވެ. 

މުއްދަތެއް ކަނޑައަޅައި ވަގުތީގޮތުން ކުއްޖާ ބަލަހައްޓާނެ ފަރާތަކާއި ހަވާލުކުރުމުގެ ބޭނުމަކީ ކުއްޖާގެ އުފަން އާއިލާގެ ހާލަތު ރަނގަޅުކުރުމަށް ބާރުއަޅައި، ކުއްޖާ އަނބުރާ އާއިލާއާއި ހަވާލުކުރެވެން ދެން ވެސް، އާއިލީ ލޯބާއި އަޅާލުން ލިބި، އާއިލީ ވެއްޓެއްހައި ދިރިއުޅުމުގެ މަގު ފަހިކޮށްދިނުން ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެގޮތުން، ވަގުތީ ގޮތުން ފޮސްޓަރކުރާ މުއްދަތު ހަމަވާއިރު، އާއިލާގެ ހާލަތު ރަނގަޅުވެ ކުއްޖާ އަނބުރާ އާއިލާއަށް ނުގެންދެވޭ ހާލަތުގައި، ފޮސްޓާކުރާ މުއްދަތު ހަމަވިޔަސް މުއްދަތު އިތުރުކޮށް އެ ކުއްޖާ ބަލަހައްޓަމުން ދާ ފޯސްޓަރ ބެލެނިވެރިން ގާތުގައި ބެހެއްޓޭނެ މަގު ވަގުތީ ފޮސްޓަރިން ނިޒާމުގެ ތެރެއިން ހަމަޖެއްސޭނެކަމަށް އެ ވުޒާރާއިން ވަނީ ބަޔާންކޮށްފަ އެވެ. 

ހަމައެއާއެކު، ވަގުތީ ފޮސްޓަރިންގެ ތެރެއިން ގެންދާ ކުދިންގެ ދާއިމީ ޤާނޫނީ ބެލެނިވެރިކަމަށް އެދުމުގެ އިޚްތިޔާރު ވެސް ފޮސްޓަރ އާއިލާއަށް ލިބިގެންދާނެ އެވެ.  

ވަގުތީ ފޮސްޓަރިންނާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ނަންބަރު 1433 އާއި ގުޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. 

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމަނުއްވާފައިވާ މުހިންމު ވައުދުފުޅެކެވެ. އެގޮތުން، ކޮންމެ ކުއްޖަކީ ވެސް އާއިލީ ވެއްޓެއްގެ ހިމާޔަތާއި ލޯތްބާއެކު ބޮޑުވުމުގެ ފުރުސަތު ލިބިފައިވާ ކުއްޖެއްކަން ޔަގީންކުރުމުމަކީ އެމަނިކުފާނުގެ ތަސައްވުރެއްކަން ބަޔާންކޮށްފައި ވެއެވެ. 

ކޮމެންޓް
އަމާން
ފޮސްޓަރ ގެ ބަދަލުގައި ބޭނުން ކުރެވޭނެ ދިވެހި ބަހެއް ހަމަ ނެތީތޯ؟
17 Jan 2024
ހިލަބެ
ދިވެހިބަހުންލިޔެނެރޭ ނޫސްތައްވާންވާނީ ދިވެހިބަހުން ލިޔާނޫސްތަކަކަށް ކުދިންވަގުތީގޮތުންބެލެހެއްޓުމަށް ލިއެލީމައެވީނު ކޮންފޯސްޓައެކޭތިޔަލިޔަނީ …
17 Jan 2024
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.