ދަޢުލަތުގެ މާލީ ޢިދާރާ
ހަބަރު
17 Jan 2024 | 16:41
މިދިޔަ އަހަރު ރިކަރަންޓް ޚަރަދަށް 31.7 ބިލިއަން ރުފިޔާ ހޭދަކުރި

ނިމިދިޔަ 2023 ވަނަ ދައުލަތުގެ ރިކަރަންޓުގެ ޚަރަދުގެ ގޮތުގައި 31.7 ބިލިއަން ރުފިޔާ ދަޢުލަތުން ހޭދަކޮށްފައިވާ ކަމަށް ދައުލަތުގެ މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

ދިވެހި ދަޢުލަތުގެ މާލީ ވުޒާރާއިން އާއްމުކުރާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން ނިމުނު އަހަރުގެ ޑިސެމްބަރުމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓް ޚަރަދަށް 31.7 ބިލިއަން ރުފިޔާ ދަޢުލަތުން ހޭދަކުރިއިރު އެ މުއްދަތާއި ހަމައަށް މުޅި ދަޢުލަތުގެ ޖުމްލަ ޚަރަދު އުޅެނީ 46.8 ބިލިއަން ރުފިޔާގައެވެ.

މާލީ ވުޒާރާގެ ރިޕޯރޓުގައިވާ ގޮތުން ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 11.9 ބިލިއަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 19.2 ބިލިއަން ރުފިޔާއެވެ.

ދަޢުލަތުގެ މާލީ ވުޒާރާއިން އާއްމުކުރާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން ނިމުނު އަހަރުގެ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 31.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އެ އަހަރުތެރޭ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 32.4 ބިލިއަން ރުފިޔާއެވެ.

މާލީ ވުޒާރާގެ ރިޕޯޓުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުން ދައުލަތަށް ލިބިފައިވާ އާމްދަނީގެ ތެރޭގައި ހިމެނެނީ، ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 22.8 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 8.1 ބިލިއަން ރުފިޔާއާއި، އެހީގެ ގޮތުގައި ލިބުނު 515.5 މިލިއަން ރުފިޔާއެވެ

ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީއާއި، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

ވޭތުވެދިޔަ އަހަރު އެންމެ ބޮޑު ޚަރަދެއް  ރިކަރަންޓް ޚަރަދަށް ހިނގި އިރު ދެން ދަޢުލަތުން އެންމެ ބޮޑު ޙަރަދެއް ހިނގާފައިވަނީ ކެޕިޓަލް ޚަރަދަށެވެ. އޭ ޖުމުލަ 15.1 ބިލިއަން ރުފިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.