އީރާނުގެ މިސައިލްތައް ޓްރެއިނިން ޑްރިލްއެއްގެ ތެރެއިން, ފާއިތުވި ދުވަސްތަކުގައި ޕާކިސްތާނާއި އިރާގު އަދި ސީރިއާއަށް އީރާނުން ވަނީ ހަމަލާ ދީފައި-- ފޮޓޯ: އައިއޭއޭ
ދުނިޔެ
17 Jan 2024 | 20:53
އީރާނުން ޕާކިސްތާނަށް މިސައިލްގެ ހަމަލާތަކެއް ދީފި

އީރާނުން ޕާކިސްތާނަށް މިސައިލްގެ ހަމަލާތަކެއް ދީފިއެވެ.

މިހަމަލާތަކަކީ އީރާނުން ޕާކިސްތާނުގައި ތިބި އީރާނުގެ ޓެރަރިސްޓް ގްރޫޕަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެފައިވާއިރު މި ހަމަލާ ތަކުގައި 2 ކުޑަކުދިން ވަނީ ޝަހީދުވެފައެވެ.

ބަލޫޗިސްތާން ޕްރޮވިންސްގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކުރާ ގޮތުގައި މިހަމަލާތަކުގައި ދެ އަންހެން ކުދިން ޝަހީދުވެ، ހަތަރު މީހަކަށް ވަނީ އަނިޔާވެފައި އެވެ.

މި ހަމަލާތަކުގައި އުމުރުން 8 އަހަރާއި 12 އަހަރުގެ ދެ ކުދިން މަރުވެފައިވަނީ ޕަންޖްގުރު ޑިސްޓްރިކްޓާ ގާތްގަނޑަކަށް 60 ކިލޯމީޓަރު (37 މޭލު) ދުރުގައި އޮންނަ ކުލާގުގެ ކޮހް-އެ-ސަބްޒް އަވަށުގައި އަންގާރަ ދުވަހުގެ ހަވީރު ދިން ހަމަލާގައި ކަމަށް އެ ސަރަހައްދުގެ ކޮމިޝަނަރު މުމްތާޒް ޚެޓްރަން ވިދާޅުވިއެވެ.

ޕާކިސްތާނުން ވަނީ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިއީ "ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު" އަމަލެއް ކަމަށް ބުނެފައެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ  މިހަމަލާތަކުގެ ސަބަބުން "ސީރިއަސް ނަތީޖާތަކެއް" ނިކުންނާނެ ކަމަށް ބުނެ އީރާނަށް އިންޒާރު ދީފައެވެ.

ޕާކިސްތާނާއި އީރާނާ އޮންނަ ބޯޑަރާ ގާތްގަނޑަކަށް 50 ކިލޯމީޓަރު (31 މޭލު) ދުރުގައި އޮންނަ ކޮހް-އެ-ސަބްޒް އަކީ ޕަންޖްގުރާއި ޖެހިގެން އޮންނަ އީރާނުގެ ސަރަހައްދެއް ކަމަށްވާ ސަރަވާންގައި 2018 ވަނަ އީރާނުގެ ސިފައިންނާ ހިނގި ހަމަނުޖެހުންތަކުގައި މަރުވި ޖައިޝްއުލް އަދުލްގެ ކުރީގެ ސެކަންޑް އިން ކޮމާންޑް މުއްލާހް ހާޝިމްގެ ގެ ހުންނަ ސަރަހައްދެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.