ދިވެއްސަކު ބޭރުގެ ހަނގުރާމަ އެއްގައި ބައިވެރި ވަނީ--
ހަބަރު
18 Jan 2024 | 13:54
ދާޚިލީ ހަނގުރާމަތައް ހިނގާ އިސްލާމީ ގައުމުތަކަށް ގޮސް އެކަމުގައި ބައިވެރިވުމަކީ ހުއްދަ ކަމެއް ނޫން: ފަތުވާދޭ މަޖިލިސް

ޖިހާދުގެ ނަމުގައި ދާޚިލީ ހަނގުރާމަތައް ހިނގާ އިސްލާމީ ގައުމުތަކަށް ގޮސް އެކަމުގައި ބައިވެރިވުމަކީ ހުއްދަ ކަމެއް ނޫންކަމަށް ރާއްޖޭގެ ފަތުވާދޭ މަޖިލީހުން ބުނެފިއެވެ.

ފަތުވާދޭ މަޖިލީހުން މިފަދައިން ބުނެފައިމިވަނީ ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ޤައުމުތަކަށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިޔުމާއި ބެހޭގޮތުން ނެރެފައިވާ ފަތުވާގައެވެ.

ފަހަކަށް އައިސް ދިވެހީން ގެ މަދު ބަޔަކު ނަމަވެސް ދާޚިލީ ހަމަނުޖެހުންތައް ހިނގާ އިސްލާމީ ގައުމުތަކަށް ޖިހާދުގެ ނަމުގައި ދާކަމަށާއި މި ކަންކަން ހުއްދަ ނުވާނެ ކަމަށް އެ ފަތުވާގައި ވަނީ ބުނެފައެވެ.

މިގޮތުން އެ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައިވަނީ މުސްލިމުންނާއި މުސްލިމުން ހަނގުރާމަ ކުރުމަކީ ކީރިތި ރަސޫލާ ގެ ސާފު ސަރީހަ ބަސްތަކުންވެސް ހަރާމް ކަމެއް ކަަމަށެވެ. އަދި މި ހަމަނުޖެހުންތަކަކީ އިސްލާމީ އުންމަތަށް ކުރިމަތިކުރައްވާފައިވާ ފިތުނައެއްކަމާއި، ފިތުނައެއް ކުރިމަތިވެއްޖެ ނަމަ އެކަމުން ސަލާމަތްވުމަށް އަމަލުކުރަންވީ ގޮތް ކީރިތި ރަސޫލާގެ ބަސްފުޅުތަކުގައިވާ ކަމަށްވެސް ފަތުވާގައިވެއެވެ.

މީގެ އިތުރުންވެސް އެ މަޖިލީހުން ބުނީ އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ އަކީ އެގައުމުތަކާއި ދެކޮޅަށް ރޭވިގެން ހިންގާ ސިލްސިލާ މުއާމަރާތުތަކުގެ ބޮޅުތަކުގެ ތެރެއިން ބޮޅެއްކަމަށާއި އިސްލާމީ ގައުމަކަށް ނިސްބަތްވާ ބަޔަކު އެފަދަ އެހެން ގައުމަކަށް ޖިހާދު ކުރަން ދިޔުމަކީ މުސްލިމުގެ ދުޝްމަނުންގެ ކުރިމަތީގައި އިސްލާމީ ގައުމު ތަކާއި ބެހުމަށް ހުޅުވޭ ދޮރެއް ކަމަށެވެ.

މިވަގުތު ދާޚިލީ ހަނގުރާމަ ތައް ހިނގަމުންދާ އިސްލާމީ ގައުމުތަކުގައި ވެސް ޖިހާދު ކުރަން ބޭނުންވާ ކުޅަދާނަ ޒުވާނުން ތިބިކަމަށާއި އެހެންނަމަވެސް އެމީހުން އެދެނީ ހެޔޮ ދުޢާ ކަމަށާއި އިތުރު ބަޔަކު އަންނަން ބޭނުން ބޭނުންނުވާ ކަމަށް ވެސް އެ ފަތުވާގައި ވަނީ ބުނެފައެވެ.

ފަތުވާދޭ މަޖިލީހުން އިތުރަށް ބުނީ ސޫރިޔާ ފަދަ ބައެއް އިސްލާމީ ގައުމުތަކުގެ ހާލަތަށް ބަލާއިރު ޖިހާދު ކުރަން އެ ގައުމުތަކަށް ދިއުމަކީ އައިނިއްޔަ ފަރުޟަކަށް ނުވާ ކަމަށެވެ. ނަމަވެސް ކިފާޔަތުގެ ފަރުލެއް ކަމަށް ބަލައިފިނަމަ، ޖިހާދަށް ދިޔުމަށް ވަކި ޝަރުތުތަކެއް ހުންނަ ކަމަށް އިސްލާމީ ދުނިޔޭގެ ބޮޑެތި އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.

މިފަދައިން ފަތުވާދޭ މަޖިލީހުން ބުނެފައިވާއިރު ސީރިއާގެ ދާހިލީ ހަނގުރާމައިގައި ހަރަކާތްތެރިވި 21 ދިވެއްސަކު މިދިޔަ އަންގާރަ ދުވަހު ރާއްޖެ ވަނީ ގެނެސްފައިއެވެ.

ކޮމެންޓް
ކޮބަ
ކޮބާ ދަލީލު؟؟؟
18 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.