ނ. މާފަރުގައި ތަރައްގީކުރި ވޮލީކޯޓު ހުޅުވުން-- ފޮޓޯ/ މިނިސްޓްރީ
ހަބަރު
18 Jan 2024 | 18:20
ކުޅިވަރު ވަސީލަތްތައް ރަށް ރަށުގައި ފުރިހަމަކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ފަށައިފި!

ކުޅިވަރު ވަސީލަތްތައް ރަށް ރަށުގައި ފުރިހަމަ ކޮށް، ނުނިމި ހުރި މަޝްރޫޢުތައް ނިންމުމުގެ ޕްރޮގްރާމް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ހަފްތާ 14ގައި ހިމެނޭ ކުޅިވަރު ވައުދުތަކުގެ ތެރެއިން އެންމެ ގޮންޖެހުން ބޮޑު އެއް ވައުދުގެ ގޮތުގައި އޮތް ރަށް ރަށުގައި ނުނިމިހުރި ޕްރޮޖެކްޓްތައް ނިންމުމުގެ ޕްރޮގްރާމް ރަސްމީކޮށް މިއަދު ފަށާފައިވަނީ ނ. މާފަރުގައި ތަރައްގީކުރި ވޮލީކޯޓު ހުޅުވުމުގެ ތެރެއިންނެވެ.

ނ. މާފަރުގައި ވޮލީކޯޓު ހުޅުއްވައިދެއްވީ ކުޅިވަރާ، ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން މިނިސްޓަރު ރާފިއު ވަނީ މި ޕްރޮގްރާމްގެ ދަށުން ރަށްރަށުގައި ނުނިމި ހުރި މަޝްރޫއުތަކުގެ މަސައްކަތްތައް ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖައްސައި، އެ މަސައްކަތްތައް ނިންމައި ކައުންސިލްތަކާ ހަވާލުކުރެވޭނެކަމަށެވެ.

ހަމައެއާއެކު ރަށް ރަށަށް އިތުރަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ދެނެގަތުމަށް އެސެސްމަންޓްތައް ހަަދައި، އެ ރަށް ރަށުގައި ވަސީލަތްތައް ފުރިހަމަ ކުރެވޭނެކަަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ ހުރިހާ ރަށެއްގައިވެސް ކުޅިވަރު ވަސީލަތްތައް ފުރިހަމަކުރުމާއިއެކު، އެކި ކުޅިވަރުތަކުން ކުރިއަށްދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ.

ކުޅިވަރު ވަސީލަތްތައް ރަށް ރަށުގައި ފުރިހަމަ ކުރުމުގެ ޕްރޮގްރާމަކީ ސަރުކާރުގެ ހަފްތާ 14ގެ ވައުދުތަކުގެ ތެރެއިން ކުޅިވަރު ވުޒާރާއިން ފުރިހަމަކުރި ދެވަނަ ވައުދެވެ.

ހަފްތާ 14ގެ މަގު ޗާޓުގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ކުޅީވަރާއި ހަށިހެޔޮކަމާ ގުޅުން ހުރި ހަތް ވައުދެއް ހިމެނެ އެވެ. އޭގެ ތެރެއިން ދެ ވައުދެއް މި ވަނީ ފުރިހަމަކޮށް ފައެވެ. ކުރިން ފުރިހަމަ ކުރި ޕްރޮގްރާމަކީ ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު ކުޅޭ ތަންތަނުގައި ހުރުން ލާޒިމްކުރާ ސިއްހީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރަން ފަށާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.