އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު-- ފޮޓޯ/ މިނިސްޓްރީ
ހަބަރު
19 Jan 2024 | 12:37
އިމާމުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއެއް އަންނަ މަހު ފަށަނީ

ރާއްޖޭގެ ހުރިހާ މިސްކިތްތަކުގެ އިމާމުން ތަމްރީން ކުރުމުގެ ގައުމީ މަޝްރޫއެއް އަންނަ ފެބްރުއަރީ މަހު ފަށަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، މި މަޝްރޫއު އަންނަ މަހު ފެށިގެންދާ އިރު ފުރަތަމަ ޕްރޮގްރާމް އޮންނާނީ ގއ. އަތޮޅުގައި ކަމަށެވެ. އަދި އެ ޕްރޮގްރާމުގައި 77 އިމާމުން ބައިވެރިވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫއުގެ މަގުސަދަކީ، ޒަމާނީ ދީނީ ގޮންޖެހުންތަކާއި އިލްމީ، އަހުލާގީ އަދި ފިގުހީ މައްސަލަތަކަށް އަމާޒުކޮށް ރާއްޖޭގައި ހުރިހާ އިމާމުން ތަމްރީން ކުރުވުމެވެ.

ރާއްޖޭގައި މިވަގުތު 800 އެއްހާ އިމާމުން އުޅޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިމާމުން ތަމްރީނު ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށަން ތައްޔާރު ވާއިރު، ސަރުކާރުން އަންނަނީ މާސްޓާސް ހަދާފައިވާ އިމާމުންނަށް ޕީއެޗްޑީ އަށް ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން މާސްޓާސް ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީ ހާސިލްކުރުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށްވެސް މިނިސްޓްރީން އިއުލާންކޮށްފައިވާއިރު، މިސްރާއި ސައުދީ އަރަބިއްޔާއާއި މެލޭޝިޔާއާއި ބުރޫނާއި އަދި އިންޑޮނޭޝިޔާއިން ތަމްރީނުގެ ފުރުސަތު އިމާމުންނަށް ހޯދައިދެއްވާނެ ކަމަށް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ޗައިނާގެ ނިއުކްލިއާ ސަބްމެރީން މިސައިލް ޓެސްޓު ކޮއްފި
ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލް ޓެސްޓުކުރުމާ ގުޅިގެން ޖަޕާނާއި އޮސްޓްރޭލިއާ އަދި ނިއުޒީލެންޑުން ކަންބޮޑުވުން ފާޅުކޮށް މި ޓެސްޓަކީ ސަރަޙައްދު ހަލަބޮލިކުރާ ކަމެއް ކަމަށް ބުނެފިއެވެ.
06 Jul 2026
ޓެކްސް ކޮމިޝަނަރުގެ މަގާމަށް ދެބޭފުޅެއްގެ ނަން ހުށަހަޅައިފި
އެ ގޮތުން ހުށަހެޅުއްވި ދެ ނަމަކީ ހއ. ތަކަންދޫ ސާދާގެ މުޙައްމަދު ހަލީމް ޢަބްދުالله އާއި ގދ. ގައްދޫ ކޯޒީރައުންޑް ފާތިމަތު އަމީޒާއެވެ.
06 Jul 2026
ދިރާގުޕޭއިން ބާލީ ދަތުރެއް
ދިރާގުޕޭ މެދުވެރިކޮށް ބިލް ދެއްކުމުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ބާލީއަށް ދެ މީހަކަށް ޓިކެޓާއި ހުރުމުގެ އިންތިޒާމާއެކު ޚާއްޞަ ޓުއާއެއް ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކުން ފަށައިފައިވެއެވެ.
06 Jul 2026
ރޮނާލްޑޯ ރިޓަޔާ ނިންމާނީ އަމިއްލައަށް
41 އަހަރުގެ ރޮނާލްޑޯ ވަނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް ކަށަވަރުކޮށްދީ ރިޓަޔާ ކުރާނެ އިރު ކަނޑައަޅާނީ ހަމައެކަނި އޭނާ ކަމަށް ބުނެފައި. ސްޕެއިންއާ ދެކޮޅަށް ކުޅުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނީ ފާޑުކިޔުންތަކާއި ނުލައި އަމާޒުތައް ހާސ
06 Jul 2026
އެއްގަމު ދަތުރުފަތުރުގެ ޚިދުމަތްތައް އޯގަސްޓުގެ ނިޔަލަށް ޑިޖިޓަލްކުރަނީ
ޚިދުމަތް އިތުރަށް ތަރައްގީކޮށް، ޒަމާނީ ފުލް ޑިޖިޓަލް ސިސްޓަމެއް ވަންގަވް މެދުވެރިކޮށް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާ ވަންގަވްއަށް ޚިދުމަތްތައް ބަދަލުކުރެވުމުން ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.
06 Jul 2026
މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރި ދެމީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދިގުވާނޑު.ފެއަރީ، އަޙްމަދު ނަޞްރު (46އ) އާއި ށ. ޅައިމަގު / ހިތަށްފިނިވާގެ، ފާރިސް ޢަލީ ޝަރީފް (35އ) އެވެ.
06 Jul 2026
ޓްރަމްޕްގެ ނުފޫޒުން ބަލޮގަންގެ ސަސްޕެންޝަން އުވާލައިފި
ރައީސް ޓްރަމްޕް ފީފާގެ ރައީސް އިންފަންޓީނޯއަށް ގޮވާލުމާ އެކު ފީފާއިން އެމެރިކާގެ ފޯވާޑް ބަލޮގަންގެ ސަސްޕެންޝަން އުވާލައި ވޯލްޑް ކަޕްގެ ގަދަ 16 ގައި ބެލްޖިއަމާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބިއްޖެއެވެ.
06 Jul 2026
ފުންފަޅުގޭ އަލިފާނުގައި 28 މީހަކަށް ފަރުވާ
ލޮނުޒިޔާރަތްމަގުގައި ހުންނަ ފުންފަޅުގޭގެ ފަސްވަނަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 28 މީހަކަށް ހޮސްޕިޓަލުން ފަރުވާދީ 58 އަށްވުރެ ގިނަ މީހުންނަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފި