ޚުތުބާ ކިޔާ އަޑު އަހަނީ--
ދީން
19 Jan 2024 | 13:14
މުޖުތަމަޢު އިސްލާހު ކުރެވޭނީ އީމާންކަން ވަރުގަދަކޮށް، ޣައިބުގައިވާ ކަންކަމަށް ފުރިހަމައަށް އީމާންވެގެން: ޚުތުބާ

މުޖުތަމަޢު އިސްލާހު ކުރެވޭނީ އީމާންކަން ވަރުގަދަކޮށް، ޣައިބުގައިވާ އެންމެހައި ކަންކަމަށް ފުރިހަމައަށް އީމާންވެގެން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

އީމާންކަން ހަރުދަނާ ކުރުމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނީ އިންސާނާގެ ކާމިޔާބީއާއި ބާއްޖަވެރިކަންވަނީ، މާތް الله އަށް ފުރިހަމައަށް އީމާންވެގެން ކަމަަށެވެ.

މި އީމާންކަމަކީ އިސްލާމްދީނުގެ އަސާސެވެ. އިންސާނާއަށް ދުނިޔަވީ ޙަޔާތުގެ އުފަލާއި އަރާމު އަދި އުޚުރަވީ ޙަޔާތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާ ކޮށްގެންނެވެ. މާއްދިއްޔަތުގެ ތެރެއަށްގޮސް ހުސްވެފައިވާ، މިފަދަ ދުވަސްވަރެއްގައި، އީމާންކަން ބަލިކަށި ވެ ނުބައިމަގުން ދެވުމަކީ ވަރަށް ކައިރި ކަމެކެވެ. އަދި މީހާގެ އުޅުމާއި، އަމަލުތަކުގެ ސަބަބުންވެސް އީމާންކަން ބަލިކަށި ވެއެވެ. ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ފޭރާން ބާވެ، ވީރާނާވާ ފަދައިން، ތިޔަބައިމީހުންގެ ހިތުތެރޭގައި އީމާންކަމުގެ ނޫރު ފަނޑުވެއެވެ. ފަހެ ތިޔަބައިމީހުންގެ ހިތްތަކުގައި އީމާންކަން ހަރުދަނާކޮށްދެއްވުން އެދި ތިޔަބައިމީހުން މާތް الله އަށް ދަންނަވާހުށި ކަމެވެ."

ހުކުރު ޚުތުބާ 

އެހެންކަމުން ހެޔޮ އަމަލުތަކާއި، ވައުޘާއި ނަސޭހަތުގެ އެހީގައި އަހަރެމެން އަބަދުވެސް އީމާންކަން ހަރުދަނާ ކުރަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

ޚުތުބާގައި އިތުރަށް ބުނީ ހަގީގީ މާނާގައި، މާތް اللهއަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުޢޫރުތަކާއި، ބާއްޖާވެރިކަމުގެ އިހްސާސްތައްއުފައްދާ ކަމެއް ކަމަށެވެ.

ނަމަވެސް ދީނީ ވާޖިބުތައް އދާކުރަމުންދާއިރުވެސް ވަރަށް ފަސޭހައިން މާތް الله ހަރާމް ކުރައްވާފައިވާ ކަންތައްތަކަށް .އަރައިގަނެވޭކަމަށް ބައެއް މީހުން ބުނަމުންދާކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެއީ އީމާންކަން ބަލިކަށިކަމުގެ ޢަލާމާތެއް ކަމަށެވެ. 

ހަގީގީ މުއުމިނުންގެ ވާހަކަ ބަޔާންކުރައްވައި މާތް الله ވަޙީކުރައްވާފައި ވެއެވެ. މުއުމިނުން ވާކަން ކަށަވަރީ الله ހަނދުމަކުރާ ހިނދު އެބައިމީހުންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) އާޔަތްތައް އެއުރެންނަށް ކިޔައިދެވޭ ހިނދު އެއުރެންގެ އީމާންކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލުކުރާ މީހުން ކަމުގައެވެ.

ހުކުރު ޚުތުބާ 

މިއާއެކު ޚުތުބާގައި ބުނީ، އަހަރެމެންގެ މުޖުތަމަޢު އިސްލާޙްކޮށް، މަސްތުވާތަކެތީގެ ބޮޑެތި ޖަރީމާތަކުންނާއި، ފާހިޝް ޢަމަލުތަކުން މުޖުތަމަޢު ސަލާމަތް ކުރެވޭނީ އީމާންކަމުގެ ވަރުގަދަކޮށް، ޣައިބުގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމަ މާނާގައި އީމާންވެގެން ކަމަށެވެ.  

އެހެންކަމުން ގައުމުގެ ތައުލީމީ ފަލްސަފާއާއި، ގައުމީ މަންހަޖު ފުރިހަމައަށް ތަންފީޒުކޮށް، އަހަރެމެންގެ ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާކުރެވޭނެ ގޮތްތަކެއް ރާވައި، އެކުދިންގެ ހިތްތަކުގައި ދީނީ އަގީދާ ވަރުގަދަވާނެ ގޮތްތަކެއް ވިސްނަން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

".. އަހަރެމެންގެ ތައުމީ ފޮތްތަކުގައި އަގީދާއާއި، އީމާންކަމުގެ ބައިތަކާއި، ވާހަކަތައް އިތުރުކުރަންޖެހެ އެވެ. މުދައްރިސުންނާއި، އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވެފައިވާ މީހުންނަށް ވާންޖެހެއެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.