ޗައިނާގެ ހޮންގ ކޮންގ އެއާލައިންގެ ފްލައިޓެއް-- ފޮޓޯ/އެވިއޭޓާސް އޮފް މޯލްޑިވްސް
ހަބަރު
19 Jan 2024 | 15:31
ޗައިނާގެ ހޮންގ ކޮންގ އިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް މިއަދު ފަށަނީ

ހޮންގ ކޮންގ އިން ދިވެހިރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ. 

ޗައިނާގެ ބޮޑު ސިޓީއެއް ކަމަށްވާ ހޮންގ ކޮންގއިން ރާއްޖެއަށް އަންނަ ފުރަތަަމަ ފްލައިޓް، HX791 ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ހަމަޖެހިފައިވަނީ މިރޭ 19:35ގައެވެ. އަދި އެ ފްލައިޓް އެނބުރި ހޮންގ ކޮންގ އަށްދާނީ މިރޭ 21:20 ގައެވެ. 

މިއަދުން ފެށިގެން މި ދަތުރުތައް ކޮންމެ ބުދަ، ހުކުރު އަދި އާދީއްތަ ދުވަހަކު އޮޕަރޭޓްކުރުމަށް ހަމަޖެހިފަައި ވެެވެ.

މި އެއާލައިނުން މީގެ ކުރިންވެސް ރާއްޖެއަށް ދަތުރުތައް ކޮށްފައިވާއިރު، އެ ދަތުރުތައް ހުއްޓާލާފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ.

ހޮންގ ކޮންގ ޑައިރެކްޓް ފްލައިޓްތައް ރާއްޖެއަށް މިއަދު ފަށާއިރު, ޗައިނާގެ ސިޓީ ތަކުން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ފަށަައި، އެގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ދާދިފަހުން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އެގައުމަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެދިވަޑައިގެންފަ އެވެ. 

އަދި ރައީސުލްޖުމްހޫރިއްޔާގެ އެ އެދިވަޑައިގެންނެވުމާއި އެއްގޮތަށް، ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ނަންބަރު މާކެޓްގެ ގޮތުގައި ޗައިނާގެ މަރކެޓް ހެދުމަށް، ފުރިހަމައަށް މަސައްކަތް ކުރައްވާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީ ޒިންގް ވަނީ ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. 

އަދި އެގޮތުން ޗައިނާ އާއި ރާއްޖެއާއި ދެމެދު ޗާރޓަރ ދަތުރުތަކެއްވެސް އަންނަ ފެބްރުއަރީ 14ގައި ފަށާނެ ކަމަށް ސަފީރު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ