އިޖްތިމާޢީ ތަރައްގީއާ ބެހޭ ވަޒީރު-- ފޮޓޯ/ މިނިސްޓރީ
ހަބަރު
19 Jan 2024 | 20:43
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި އަމަލުކުރާނެގޮތުގެ ޤަވައިދު އެކުލަވާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމާއި ވަޒީފާ ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ޤަވާއިދު އެކުލަވާލައިފިއެވެ.

މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް އެންޑް ޑިވެލޮޕްމަންޓުން މިމަހު 18 ވަނަ ދުވަހު ގެޒެޓްކުރި https://gazette.gov.mv/gazette/6944 ޤަވައިދުގައި ބުނާގޮތުން މިޤަވާއިދުގެ މަޤުޞަދަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގައިއާއި މަސައްކަތް ކުރުމުގަައި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތު ހޯދައި ދިނުމެވެ.

އަދި ހަމައެއާއެކު ވަޒީފާދިނުމުގައި މަސައްކަތުގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެއްވެސް ފަރާތަކުން އެމީހުންނާއި މެދު ތަފާތުކުރުން ގެންގުޅުން މަނާކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވަޒީފާދޭ ފަރާތަކުން، އެފަރާތަށް މަސައްކަތްކުރާނެ އެކަށީގެންވާ މާހައުލެއް ޤާއިމްކޮށްދިނުމާއި، މަސައްކަތުގެ މާހައުލުގައި އެފަރާތްތައް ޝާމިލްކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

މި ގަވާއިދުގައި ބުނާގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހާއަށް ވަޒީފާދޭ ތަނަކީ އެ ފަރާތަށް ބޭނުންވާ ސަބަބުވެރި ބަދަލުތައް ހަމަޖައްސައިދެވޭ، އެތަނުގެ މުވައްޒަފުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއެކު މަސައްކަތް ކުރުމަށް ބޭނުންވާ ތަމްރީން ފުރިހަމަ ކޮށްފައިވާ އިދާރާއަކަށް ވާންޖެހެއެވެ. 

މީގެ އިތުރުން ގަވާއިދުގައި ވާ ގޮތުން،  ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ވަޒީފާއަށް އެދުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ކަންކަން ވިލަރެސް ކުރުމަށް، މަދުވެގެން 2 (ދޭއް) ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން ބައިތިއްބަންވާނެއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީއެއްވެސް އެކުލަވާލަން ޖެހެއެެވެ. މި ކޮމިޓީ އެކުލަވާލުމުގެ ބާރު ދީފައި ވަނީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރަށެވެ. އެހެންކަމުން އެ ކޮމިޓީގެ އިދާރީ މަސައްކަތް ވެސް ކުރާނީ އެ ކޮމިޓީންނެވެ. 

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ އަންނަ މަހުގެ 18 ވަނަ ދުވަހުން ކަމަށް ގަވާއިދުގައި ވެއެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި އަމަލުކުރާނެގޮތުގެ ޤަވައިދު އެކުލަވާލާފައި ވާއިރު އެފަދަ ފަރާތްތަކަށް ފަހިވާނެ ގޮތަށް، ޕްލޭނިންގ އަދި ކޮންސްޓަރަކްޝަންއާ ގުޅޭ ގަވާއިދަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ވޭހާވެސް އަވަހަށް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.