އިލެކްޝަންސް މެންބަރުން
ހަބަރު
20 Jan 2024 | 10:22
މަޖިލިސް އިންތިހާބަށް ވޯޓްލާން ކަނޑައަޅާނެ ވަގުތާއި މެދު ޤައުމީ ލަފާދޭ ކޮމިޓީއާއި މަޝްވަރާ ކުރަނީ

ކުރިއަށްއޮތް 20 ވަނަ ރައްޔިތުން މަޖިލިސް އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ ވޯޓުލާން ކަނޑައަޅާފައި އޮންނަ ވަގުތާއި ގުޅޭގޮތުން އަންނަ ހަފުތާގައި ޤައުމީ ލަފާދޭ ކޮމިޓީއާއި މަޝްވަރާ ކުރަން ނިންމަވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް މި ފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިޔާ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އެއް އިންތިޚާބަށްފަހު އަނެއް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުވާކަން ފާހަގަކުރައްވާ އެ ޕްރޮގްރާމުގައި ވާހަކަދައްވަމުން ފުއާދު ވިދާޅުވީ އެއް އިންތިޚާބަށްފަހު އަނެއް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އެކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ.

 ތަފްސީލް ދެއްވަމުން އީސީގެ ރައީސް ފުއާދު ވިދާޅުވީ އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު އިތުރު ކުރުމަށް އެކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށާއި،  އެގޮތުން މާރިޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ ވޯޓުލާން ކަނޑައަޅާފައި އޮންނަ ވަގުތާއި ގުޅޭގޮތުން އަންނަ ހަފުތާގައި ޤައުމީ ލަފާދޭ ކޮމިޓީއާއި މަޝްވަރާ ކުރަން ނިންމަވާފައިވާ ކަމަށެވެ.

"މިއަންނަ ހަފުތާ ތެރޭގައި އަޅުގަނޑުމެން މި ވިސްނަނީ ލަފާ ދޭ ކޮމިޓީއާ މަޝްވަރާ ކޮށްގެން އެ ގަޑި (ހެނދުނު 8:00 ހަވީރު 4:00) ތޯ އެންމެ ރަނގަޅީ. ނޫނީ ކުޑަ ތަންކޮޅެއް ފަހަތަށް ޖައްސާލުންތޯ ރަނގަޅީ. އެގޮތަށް މަޝްވަރާކޮށްފައި ރައްޔިތުންނަށް ވެސް އެންމެ ފަސޭހަވާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަ ގަޑިއަކަށް ހެދުމުގެ ވިސްނުން ކޮމިޝަނުގެ ހުރީ،" ފުއާދު ވިދާޅުވިއެވެ.

އީސީގެ ރައީސް މިފަދައިން ވިދާޅުވެފައިވާއިރު އެންމެފަހުން މާލޭ މޭޔަރު ހޮވަން ބޭއްވުނު ބައި އިލެކްޝަންގެ ވޯޓްލުން ވެގެން ގޮސްފައިވަނީ މާލޭގެ ތާރީޙްގައި ވެސް އެންމެ މަދު އަދަދަކަށް ވޯޓްލާން މީހުން ނިކުތް އިންތިހާބު ކަމަށެވެ.

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 54،680 މީހަކަށް ލިބިގެންވީ ނަމަވެސް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ވޯޓުލާފައި ވަނީ އެންމެ 17،000 އެއްހާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އެންމެ 32 އިންސައްތަ މީހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.