މާލެއިން ގޯތިލިބުނު ބަޔަކަށް ބިން ހަވާލުކުރުން
ހަބަރު
20 Jan 2024 | 12:12
ރައީސްގެ ހާއްސަ މެސެޖަކާއި އެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ބާއްވަނީ

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާއި އެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ބާއްވަން ނިންމައިފި އެވެ.

މި ސައްލާ މިބާއްވަނީ، ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން، ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން، މާލެ ރަށްވެހިންގެ ޖަމިއްޔާ، އަދި ހުޅުމާލެ ރައްޔިތުންގެ ޖަމިއްޔާ ތަމްސިލްކުރައްވާ ސުނާދު ލަތީފް ރައީސް ޑރ. މުއިއްޒާއި ބައްދަލު ކުރައްވާ ލިބުނު މަޢުލޫމާތުތައް ހިއްސާ ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވެއެވެ.

އެގޮތުން ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވާ ސުނާދު، ރައީސް ޑރ. މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ މީހުންނަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭގޮތުން ވަރަށް އަގުހުރި ވާހަކަތަކެއް ދެކެވުނު ކަމަށާއި، އަދި އޮޅުން އަރާ ގިނަ ކަންކަމުގެ މައުލޫމާތުތަކުގެ ހަގީގަތް ރައީސްގެ ފަރާތްޕުޅުން އެނގިވަޑައިގެންނެވި ކަމަށެވެ.

ސުނާދު ވިދާޅުވީ، މާލެ ރައްޔިތުންގެ ގޯތިތަކާއި ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު ދެއްވި މެސެޖު މިރޭ އޮންނަ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭގެ 8.00 ގައި ސަލްޓަން ޕާރކުގައެވެ.

މިރޭ މި ފަދަ ސައްލާއެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު ނިމިދިޔަ ސަރުކާރު ނިމެމުން ދަނިކޮށް މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ރަޖިސްޓްރީ، އެ ގޯތިތަކުގެ ހައްޤުވެރި ފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް މި ސަރުކާރުގެ ފަރާތުން މިހާރު ވަނީ ފައްޓަވާފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.