ހަސަން ޒަމީލް-- ފޮޓޯ: ޕީއެސްއެމް
ހަބަރު
20 Jan 2024 | 12:05
ޒަމީލް ޖޫރިމަނާ ކުރި މައްސަލައިގައި ކޯޓުން ޖޫރިމަނާ ފަސްކުރަން ވަގުތީ އަމުރެއް ނުދިނުމަށް ނިންމައިފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލުގެ މާލީ ބަޔާން ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖޫރިމަނާ ކުރި މައްސަލަ ސިވިލް ކޯޓަށް ހުށައެޅުމުން، ކޯޓުން އޭނާގެ ޖޫރިމަނާ ފަސްކުރަން ވަގުތީ އަމުރެއް ނުދިނުމަށް ނިންމައިފިއެވެ.

މި މައްސަލަ އަކީ ދައުވާއަށް ހުށައެޅުމަށް އެދުމުގެ ކުރިން ވަގުތީ އަމުރު ނެރެ ދިނުމަށް އެދި ހުށައަޅާ މައްސަލައެކެވެ.

މިފަދަ މައްސަލަތަކުގައި މައުޟޫއީ މައްސަލަ ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި މައްސަލަ ހުށަހެޅުމުގެ ފުރުސަތު މަދަނީ އިޖުރާއަތުގެ ގާނޫނުން ދީފައި އޮވެ އެވެ.

ޒަމީލް ގެ ފަރާތުން މި މައްސަލައިގައި ކޯޓުގައި ބުނެފައިވަނީ ޖޫރިމަނާ ފައިސާ ދެއްކުމަށް ދިން 30 ދުވަހުގެ މުއްދަތުގައި ކޯޓުން މައްސަލައާއި މެދު ވަކި ގޮތެއް ނުނިމޭނަމަ ނުވަތަ އެތާރީހުގެ ކުރިން ވަގުތީ އަމުރެއް ނުލިބިއްޖެނަމަ، އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކި ނޭދެވޭ ޚަބަރުތައް ފެތުރި ގެއްލުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި މާލީ ބަޔާން ހުށައަޅަން ޖެހޭ ވަގުތު ފާއިތުވެގެން ދިޔައިރުވެސް އޭގެ ވާހަކައެއް ނާންގާ ކަމަށާއި، އީސީ އިން އަމަލުކޮށްފައިވަނީ އުޞޫލާއި ޚިލާފަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

މައްސަލައާއި ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ މައުޟޫއީ މައްސަލަ ހުށަހެޅުމަކާ ނުލާ ހުށަހަޅާ ވަގުތީ އަމުރުގެ މައްސަލައެއް ގޮތުގައި އެ މައްސަލަ ބަލައިގަނެވެގެން ނެތް ކަމަށެވެ. އަދި މައްސަލަ ބެއްލެވި ގާޒީ މަރިޔަމް ވަހީދު ވަނީ މައުޟޫއީ މައްސަލަ ހުށަހެޅުމަށް ފަހު އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް މައްސަލަ ނިމޭ ހާލަތުގައި އަނބުރާ ލިބޭނެ ފައިސާއެއް ކަމަށާއި ޖޫރިމަނާ ފަސްނުކޮށްގެން ލިބޭނެ ބޮޑު ގެއްލުމެއް ފެންނަން ނެތް ކަމަށް ވެސް ހުކުމުގައި ބުނެފައެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 11 ވަނަ ދުވަހު އީސީއިން ނެރުނު ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލި ކެންޑިޑޭޓުންގެ މާލީ ބަޔާންތައް ދިރާސާކޮށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުވާ މާލީ ބަޔާންތައް ހުށަހަޅާފައިވާ ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓާ މެދު އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން، ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

މިގޮތުން ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ފުރިހަމަނުވާ 5 ކެނޑިޑޭޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޒަމީލް ވެސް ވަނީ 20،000 ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ. އަދި ޒަމީލްގެ ރަސްމީ އިންތިޚާބީ އެޖެންޓް ކަމުގައިވާ އޭނާގެ ދަރިފުޅު އަހުމަދު މަރުހާން ޒަމީލު ވަނީ 6،000 ފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އެ ކަން އިއުލާން ކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ދެއްކުމަށް އަންގާފައެވެ.

ޒަމީލް ގެ އިތުރުން މާލީ ބަޔާން ފުރިހަމަ ނުވެގެން ދެން އީސީން ޖޫރިމަނާ ކޮށްފައިވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި އުމަރު ނަސީރާއި އަހުމަދު ފާރިސް މައުމޫނާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އަދި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.