ފެމިލީ ކޯޓު-- ފޮޓޯ: ވޮއިސް
ހަބަރު
20 Jan 2024 | 14:20
ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަކަށް އެދޭއިރު ފީ ދައްކަން ނުޖެހޭ ގޮތަށް ހަދައިފި

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަކަށް އެދޭއިރު ފެމިލީ ކޯޓަށް ދައްކަންޖެހޭ 25 ރުފިޔާގެ ފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިކަން އިއުލާންކޮށްފައިމ ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް، "ޤަޟާއީ އައު އަހަރަށާއި 25 ރުފިޔާގެ ޑިސްކައުންޓަށްޓަކައި މަރްޙަބާއާއި ޝުކުރު" ގެ ނަމުގައި ލިޔުއްވި ބްލޮގް ގައެވެ.

މި ބްލޮގްގައި ޕީޖީ ވިދާޅުވީ އަނިޔާލިބޭ މީހުންނަށް ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ފިލުވައިދީ، ހުރިހާ އިދާރާތައް ގުޅިގެން، ދުނިޔޭގެ ފެންވަރުގެ ވިކްޓިމް ސަޕޯޓް ނިޒާމެއް ކުރެވޭނެ ގޮތަކާބެހޭ ގޮތުން ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމާޢަތްތަކާއެކު ނިމިދިޔަ އަހަރުގެ ތެރޭގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައި، ޢަމަލީ ގޮތުން ކަންތައްތަކެއް ކުރުމަށް އެއްބަސްވެފައިވާކަމަށެވެ.

ދިމާވި އިދާރީ ސަބަބަކާހުރެ ފެމިލީ ކޯޓަށް މިބައްދަލުވުމުގައި ބައިވެރިނުވެވުނަސް، އެކޯޓުންވެސް މިމަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދޭކަމަށް ވެސް ޕީޖީ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މި މައްސަލަ ހުށައަޅާފައި ވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިންނެވެ.

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަކަށް އެދޭއިރު ފެމިލީ ކޯޓަށް ދައްކަންޖެހޭ 25 ރުފިޔާގެ ފީ ދައްކަންޖެހެނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކަމަށްވާތީ އެކަމަށް އިންޓަނެޓާއި އެނޫންވެސް ވަޞީލަތްތައް ބޭނުންވެއެވެ. އެހެންކަމުން ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ މީހާ، ޢާންމުކޮށް ހުންނާނެ ނިކަމެތި ޙާލަތަށް ވިސްނައި، މި ފީ ނުދައްކާގޮތަށް ބަދަލުކުރުމަކީ  މުހިންމުކަމެއްކަމަށް ހުރިހާ އިދާރާތަކުންވެސް އެއްބަސްވެފައިވާ ކަަމަށް ޕީޖީ ޝަމީމް ގެ ބްލޮގްގައިވެއެވެ.

މި މައްސަލައާއި ބެހޭގޮތުން މަޝްވަރާކުރުމަށް ޕީޖީ ޝަމީމް ވަނީ ފެމިލީ ކޯޓާއި އެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުން ބޭއްވުމުގެ ކުރިންވެސް މިކަން ވަނީ ކޯޓުގެ ސަމާލުކަމަށް އައިސް، ފަނޑިޔާރުންގެ މަޖިލީހުން އެ 25 ރުފިޔާ ކަނޑާލަން ނިންމަވާފައި ކަމަށާއި، ދެން އޮތީ އެކަން ތަންފީޒުުކުރުންކަމަށް ވެސް ކޯޓުން ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.

ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އާންމުކުރި ގެވެށިއަނިޔާއިން ރައްކާތެރިވުމުގެ އަމުރަށް އެދޭ ފޯމުގައި ފީ ނެގުން ނުހިމަނައި، އަމުރަށް އެދި ހުށަހަޅާ ފޯމު 14 ޞަފުހާއިން 6 ސަފްޙާއަށް ވަނީ މަދުކޮށްފައެވެ.

މީގެ ކުރީގައި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ނެތްނަމަ، ފޯމު ބަލައެއް ނުގަންނަ ގޮތަށް އުސޫލު އޮތް ނަމަވެސް، ގެވެށި އަނިޔާގެ ރައްކާތެރިކަމަށް އެދޭ މީހާ ހުންނާނެ ޙާލަތަށް ރިޢާޔަތްކުރާއިރު، ބައެއްފަހަރު ހުރިހާ ލިޔުންތައް އޭނާގެ އަތުގައި ނެތިދާނެތީ ފެމިލީ ކޯޓުން ވަނީ އެފޯމާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހެޅެން ނެތް ޙާލަތެއް އޮތްނަމަ، އެކަމެއް ކޯޓުގެ ސަމާލުކަމަށް ގެނައުމަށް އެދިފައެވެ. 

މިކަން އިތުރަށް ފަސޭހަކޮށްދިނުމަށްޓަކައި، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު، ޕީޖީ އޮފީހުގެ ޕޯޓަލްގެ ތެރެއިން ފުރޭނޭ ގޮތް ދާދި އަވަހަށް ހަމަޖައްސާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ. މި ޚިދުމަތަށް ވަދެވޭނީ އީފާސް މެދުވެރިކޮށް ކަމަށްވާތީ، ފޯމުގައި ފުރަންޖެހޭ ގިނަ ބައިތައް އޮޓޮމެޓިކުން ހުންނާނީ ފުރާފައި ކަަމަށާއި ދެން ހުންނާނީ ލިޔަންޖެހޭ މަދު ބައިތައް ކަމަށް ވެސް ޕީޖީ ޝަމީމް ގެ ބްލޮގް ގައި ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން،  އަނިޔާލިބޭ މީހާ، ރައްކާތެރި ތަނަކަށް ދެވުމުން، އޮންލައިން ފޯމު ފުރާލުމަށްފަހު، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ފޮނުވާލުމުން، އޭނާ އެދޭ ކޯޓެއްގެ އީމެއިލަކަށް ޕީޖީ އޮފީހުން އެ ފޯމު ފޮނުވައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދީ އަނިޔާ ލިބޭ މީހާ އެ ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަންޖެހުން އެއްކޮށް ނިމުމަކަށް އައިސް، އަމުރު ހޯދުމަށް އެދުމުގެ ކަންކަން އިންތިހާއަށް ފަސޭހަކޮށްދެވޭނެކަމުގެ ޔަގީން ކަން ޕީޖީ ވަނީ އަރުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.