އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން--ފޮޓޯ: ސަން
ހަބަރު
20 Jan 2024 | 16:36
މީޑިއޭޝަންގެ ސަބަބުން އަޑުއެހުމަކަށް ނުގޮސް، މައްސަލަތައް ނިންމުމުގައި އަވަސްވެ ނަތީޖާ ނެރެވޭ: އުއްތަމަ ފަނޑިޔާރު

މީޑިއޭޝަންގެ ސަބަބުން އަޑުއެހުމަކަށް ނުގޮސް، މައްސަލަތައް ނިންމުމުގައި އަވަސްވެ، ފަސޭހައިން ނަތީޖާ ނެރެވޭ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ ފަނޑިޔާރުންގެ މަހާސިންތާ 2024 ފެށުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިގޮތުން އުއްތަމަ ފަނޑިޔާރު މުޢުތަޞިމް ވިދާޅުވީ ރާއްޖޭގައި މީޑިއޭޝަންގެ ނިޒާމު ކޯޓުތަކުގައި ބޭނުންކުރަން ފަށާފައިވަނީ 2000ގެ ކުރީގެ އަހަރުތަކުގައި ކަމަށާއި ޢާއިލީ މައްސަލަތައް ހައްލުކުރުމަށް ސިވިލް ކޯޓުގައި މީޑިއޭޝަން ބޭނުންކުރައްވާފައިވާކަމަށެވެ.

މީގެ އިތުރުންވެސް އުއްތަމަ ފަނޑިޔާރު މުޢުތަޞިމް ވިދާޅުވީ މީޑިއޭޝަން ފުޅާވެ ބޭނުންކުރަން ފެށިފަހުން، 2015 އިން 2021 ވަނަ އަހަރާއި ހަމައަށް ސިވިލް ކޯޓަށް ހުށަހެޅުނު 22،987 މައްސަލާއިގެ ތެރެއިން 17،101 މައްސަލަތަކުގައި އަޑުއެހުމަކަށް ދިޔުމުގެ ކުރިން މީޑިއޭޝަން ބޭނުންކޮށްފައިވާ ކަމަށެވެ. 

މި 17،101 މައްސަލައިގެ ތެރެއިން 62 އިންސައްތަ މައްސަލަ ނިމިފައިވަނީ  އަޑުއެހުމަކަށް ނުގޮސް، ހަމައެކަނި މީޑިއޭޝަނުން ކަމަށް ވެސް ވިދާޅުވިއެވެ.

"2015 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާއި ހަމައަށް ސިވިލް ކޯޓަށް ހުށަހެޅުނު 22،987 މައްސަލާއިގެ ތެރެއިން 17،101 މައްސަލަތަކުގައި މީޑިއޭޝަން ބޭނުންކޮށްފައިވޭ. އަދި މީގެ ތެރެއިން ގާތްގަނޑަކަށް 62 އިންސައްތަ މައްސަލަ ނިންމާފައިވަނީ އަޑުއެހުމަކާއި ނުލައި. މި ތަފާސްހިސާބުތަކުން މީޑިއޭޝަންގެ މުހިންމުކަން އަޅުގަނޑުމެންނަށް ދޭހަވޭ."

އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރުންގެ މަހާސިންތާއަކީ ފަނޑިޔާރުންނަށް ދިމާވާ އެކި ކަންކަމާއިމެދު ބަހުސްކޮށް، ކުރިއަށްއޮތް އަހަރު، މި މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަހާސިންތާއެކެވެ. މި މަހާސިންތާގައި މީޑިއޭޝަނާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުތަކާއި، ހެއްކާބެހޭ ޤާނޫނުތަކާއި ގުޅޭގޮތުން ފަނޑިޔާރުން މަޝްވަރާ ކުރައްވާނެއެވެ.

މީގެ ތެރެއިން މީޑިއޭޝަނަކީ ކޯޓު އަޑުއެހުމަކަށް ނުގޮސް ހައްލުކުރެވެންހުރި މައްސަލަތައް، މައްސަލަ ޖެހޭ ދެމީހުންގެ މެދުގައި ވާހަކަދައްކާއިގެން، ހައްލަކާއި ހިސާބަށް ދިޔުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.