ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
21 Jan 2024 | 10:29
މާލޭ ބިންވެރީންނަށް ރައީސް ދެއްވި ޔަގީންކަން: ގޯތި އަތު ނުލައި އުޅެވޭނެ ގޮތް ހަދައިދޭނަން!

މާލެ ސަރަހައްދުން ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ އަތުން ގޯތި އަތުނުލާނެ ކަމަށާ ގޯތި ލިބުނު ތަން ބަދަލު ނުކޮށް އެ ތަންތަނުގައި ދިރިއުޅެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް މުޢިއްޒު މި ޔަގީންކަން ދެއްވިކަން ހާމަކުރެއްވީ މާލެ ސަރަހައްދުން ބިން ލިބުނު މީހުންނަށް ހާއްސަކޮށްގެން ރޭ ބޭއްވި މާލޭ ބިންވެރީންގެ ސައްލާ ގައެވެ. މި ސައްލާ ބާއްވާފައި ވަނީ ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި މަލެ ރަށްވެހީންގެ ޖަމިއްޔާ އަދި ހުޅުމާލެ ރައްޔިތުންގެ ކޮމެޓީ ގުޅިގެންނެވެ.

ބިންވެރިންގެ ސައްލާގައި ވާހަކަ ދައްކަވަމުން އެ ސައްލާގައި ބިންވެރިން ތަމްސީލް ކުރެއްވި ޖަމިއްޔާތަކުގެ މަންދޫބެއްގެ ގޮތުގައި ބައިވެރިވީ ސުނާދު ލަތީފް ވަނީ އެ ޖަމިއްޔާ ތަކުން ރައީސް މުޢިއްޒު އާއިއެކު ބޭއްވި ބައްދަލުވުމުގެ އެމަނިކުފާނު ބިންވެރިންނަށް ދެއްވި މެސެޖު ހިއްސާ ކުރައްވާފައެވެ. 

އެގޮތުން، ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބެއް ބައްލަވާނެ ކަމަށާ ވީހާވެސް އަވަހަށް ރަޖިސްޓްރީ ދޫކޮށް ނިމޭނެ ގޮތްތަކެއް ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާ، ގޯތި ލިބުނު ކަމަށް ގެޒެޓް ކުރި މީހުންނަށް ރަޖިސްޓްރީ ދިނުމުގެ ކުރީން އެކަމުގެ ލިޔުމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނާވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ބުނެފައިވެ އެވެ.

"ރައީސް ވިދާޅުވީ، ގެޒެޓުގައި އިއުލާނު ކުރެވިފައިވާ ފަރާތްތަކަށް އެތަންތަން ހިއްކުމުގެ މަސައްކަތް ނިމުމުން ރަޖިސްޓްރީ ލިބޭނެ ކަމުގެ ލިޔުމެއް ދެއްވުމަކީ މުހިންމު ކަމެއް ކަމުގައި ދެކިލައްވާ ކަމަށް. އަދި ހަމައެއާއެކީގަ ބިން ހިއްކާ ނިމުމުން ރަޖިސްޓްރީގައި ކޯޑިނޭޓްތައް ހިމަނާ ހަވާލު ކުރެވޭނެ ވާހަކަ ހިމެނޭ ގޮތަށް ރަސްމީ ލިޔުމެއް މި ސަރަހައްދުތަކުން ބިން ލިބިލެއްވި ފަރާތްތަކަށް ދެއްވުމުގެ މަސައްކަތް އިނީޝިއޭޓް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި" 

ސުނާދު

އަދި ގޯތި ލިބުނު ތަންތަން ބަދަލު ނުކުރާނެ ކަމަށާ އެއްވެސް މީހެއްގެ އަތުން ގޯތި އަތުނުލާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ތަކުރާރުކޮށް ދެއްވާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

މި ބައްދަލުވުމުގައި ރައީސްގެ މަންދޫބެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް އަބްދުالله ހަލީލު ވެސް ވަނީ ސުނާދުގެ، އެ ވާހަކަ ތަކަށއ ބާރު ދެއްވައި ބިން ލިބުނު ތަންތަނުން ބިން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ރަޖިސްޓަރީ ހަވާލުކޮށް، އެތަން ތަނުގައި އަސާސީ އެހެނިގެން ޚިދުމަތްތައް ގާއިމް ކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

ކުރީ ސަރުކާރުން ވަނީ މާލެ ރައްޔިތުންނަށް ގޯތި ދޭން ވީ ވަޢުދު ފުއްދާފައި ވަނީ ދައުރު ނިމެން ކުޑަތަން ވެފައި ވަނިކޮށެވެ. އެހެންކަމުން، ދިން ގިނަ ގޯތިތައް ދީފައިވަނީ ނުހިއްކާ ހުރި ފަޅުތަކުން ކަމަށްވެސް ފާހަގަކޮށްލަންޖެހެއެވެ.

ނަމަވެސް މިސަރުކާރުން އަންނަނީ ހަލުއި ދުވެލީގައި އެ ގޯތި ދީފައިވާ ހުރިހާ ތަނެއްވެސް ހިއްކައި ރެޖިއްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ހުރިހާ ތަނެއް ހިއްކުމުގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

އަދި ކުރީ ސަރުކާރުން ގުޅިފަޅާއި ގިރާވަޅުފަޅުން ހިއްކަން ހަމަޖެހިފައި އޮތް ސަރަހައްދަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކަން މިސަރުކާރުން ނިންމާފައިވާކަންވެސް ރައީސުލްޖުމުހޫރިއްޔާ ދާދިފަހުން އިއުލާން ކުރައްވާފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.